ގާސިމް އީދު ތަހުނިޔާ ފޮނުއްވައިފި

ދިވެހި ގައުމުގެ އެއްބައިވަންތަކަމާ، އުފާފާގަތިކަމާ، އިސްލާމްވަންތަކަމާ، ތަރައްގީ ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އިލްތިމާސް ކުރައްވައިފި އެވެ.
ގާސިމް އިބްރާހިމް މިކަމަށް ގޮވާލެއްވީ ބަރަކާތްތެރި އަލްހާ އީދުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި އިސްލާމީ އުންމަތަށް ފޮނުއްވުމަށް ނެރުއްވާފައިވާ ބަޔާނުގަ އެވެ.
މި ބަޔާނުގައި ގާސިމް ވިދާޅުވެފައި ވަނީ ބަރަކާތްތެރި އަޟްހާ އީދުގެ ތަހްނިޔާއާ ހެޔޮއެދުންތައް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ޖުމްހޫރީ ގުޅުމުގެ ނަމުގައާއި، އެމަނިކުފާނުގެ އަމިއްލަ ނަމުގައި އަރިސްކުރައްވާ ކަމަށެވެ.
ގާސިމްގެ ބަޔާނުގައި މިއުފާވެރި އީދަކީ އަޅުގަނޑުމެންގެ ހިތްތައް އެކުވެރިކުރައްވައި، މި ގައުމުގެ އިސްލާމްވަންތަކަމާ، އެއްބައިވަންތަކަމާ، އުފާފާގަތިކަމާ، ތަރައްގީ ދެމެހެއްޓުމުގެ އެންމެ ހެޔޮވިސްނުން އަޅުގަނޑުމެންނަށް މިންވަރުކުރެއްވުމުގެ ބަރަކާތްތެރި ފުރުސަތެއް ކަމުގައި ލެއްވުމަށް އެދި ދުއާ ދަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ