އިނގިރޭސި ބޮޑުވަޒީރު އެންމެ ފުރަތަމަ ހުށަހަޅުއްވަނީ ކަރަންޓު ބިލުން ނަގާ ޓެކްސް ކުޑަކުރުމަށް

އިނގިރޭސިވިލާތުގެ އާންމުންގެ ދިރިއުޅުމުގެ ހަރަދުތައް ކުޑަކޮށްދިނުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކަރަންޓު ބިލުން ނަގާ ޓެކްސް ކުޑަކުރުމަށް ހުށަހެޅުމަށް އެ ގައުމުގެ އާ ބޮޑުވަޒީރު އެންޑީ ބާނަމް ނިންމަވައިފި އެވެ. 
އަންގާރަ ދުވަހު އެމަނިކުފާނު ވިދާޅުވީ، އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގޭގޭގެ ކަރަންޓު ބިލުން ނަގަމުންދާ ވެލިއު އެޑެޑް ޓެކްސް (ވީއޭޓީ) އުވާލާނެ ކަމަށެވެ. އޭގެ ސަބަބުން އަހަރަކު އެވަރެޖްކޮށް 1,862 ޕައުންޑް (2,490 ޑޮލަރު) ކަރަންޓަށް ހަރަދުކުރާ އާއިލާއަކުން އަހަރަކު 45 ޕައުންޑް ސަލާމަތްކުރެވޭނެ އެވެ.
Yes Maldives Pvt Ltd
MU STORE
MU STORE
Enterprise Development Industrial Pvt Ltd
އުމުރުން 56 އަހަރުގެ ގްރޭޓާ މެންޗެސްޓާގެ ކުރީގެ މޭޔަރު ބާނަމް ބޭނުންވަނީ، އާންމުންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެމަނިކުފާނު ސީރިއަސްކަން އަވަސް ފިޔަވަޅުތަކަކުން ދެއްކެވުމަށެވެ.
އޭގެ އިތުރުންވެސް، ކުޑަ އާމްދަނީއެއް ލިބޭ މީހުންނަށް އަމާޒުކޮށްގެން އަވަސް ހައްލުތަކެއް ގެނެސްދޭނެ އިތުރު ސިޔާސަތުތަކެއް ކުރިއަށް އޮތް ތަނުގައި އިއުލާނު ކުރައްވާނެ ކަމަށް ބާނަމް ވިދާޅުވި އެވެ.
ނަމަވެސް، މި ނިންމެވުމާ ގުޅިގެން ވެރިކަންކުރާ ލޭބާ ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. ކުރީގެ ބޮޑުވަޒީރު ކިއާ ސްޓާމާގެ އަރިސް ބޭފުޅެއް ކަމަށްވާ ޑެރެން ޖޯންސް ވަނީ، މި ފިޔަވަޅުތަކަށް ބޭނުންވާ ފައިސާ ހަމަޖައްސާނެ ގޮތަކާމެދު ސުވާލު އުފައްދަވާފަ އެވެ. 
ބާނަމްގެ އަމާޒަކީ މިފަދަ އަވަސް ފިޔަވަޅުތަކެއްގެ މައްޗަށް ބިނާކޮށް، އާންމުންގެ އިތުބާރު އަލުން ލޭބާ ޕާޓީއަށް ހޯދައިދިނުމާއި، ނައިޖެލް ފަރާޖް އިސްކޮށް ހުންނަވާ "ރިފޯމް ޔޫކޭ" ޕާޓީގެ ފަރާތުން ކުރިމަތިވަމުންދާ ސިޔާސީ ގޮންޖެހުންތަކަށް ރައްދު ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ