މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ މައްސަލަތަކެއް ބަލަމުންދިޔަ ރިޔާސީ ކޮމިޝަން އުވާލައިފި

އަހުމަދު އިބްރާޙީމް
ރިޔާސީ ކޮމިޝަން އުވާލައިފި އެވެ.ރައީސް ނަޝީދުގެ ސަރުކާރުން  އުފައްދާފައިވާ ސިޔާސީ ކޮމިޝަން  އުވާލާފައިވާކަމަށް ރައީސް އޮފީހުން ބުނެފި އެވެ. ރައީސް އޮފީހުން ބުނީ 2009 ވަނަ އަހަރު އުފެއްދި ރިޔާސީ ކޮމިޝަން އުވާލީ، ސަރުކާރުން ދެކޭގޮތުގައި އެތަނުން ކުރަމުންދިޔައީ ރަނގަޅު މަސައްކަތަކަށްނުވުން ކަމަށެވެ. ރިޔާސީ ކޮމިޝަން އުވާލުމާގުޅިގެން  އެ ތަނުގެ މެންބަރުންގެގޮތުގައި ތިބި ބޭފުޅުންނަށް ނޯޓިސްދޭން ފަށާފައިވާކަމަށް ރައީސް އޮފީހުން ބުނެ އެވެ. މައުމޫނު ސަރުކާރުން ހިންގާފައިވާކަމަށް ބުނާ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް  ވަނީ ކޮމިޝަނުން ބަލާފަ އެވެ. އޭގެތެރޭގައި މައުމޫނުގެ ކޮއްކޮ މުލަކު ދާއިރާގެ މެންބަރ އަބުދުﷲ ޔާމީނުގެ މައްސަލަތަކެއް ހިމެ އެވެ. ސަރުކާރު ބަދަލުވުމުގެ ވަރަށް ކުޑަދުވަސްކޮޅެއް ކުރިން ޔާމީނުގެ މައްސަލައެއް ސިންގަންޕޫރުގެ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރާކަމަށް ރިޔާސީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ