ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެމަގާމުން ވަކި ކުރުމާއި ގުޅިގެން ކޮމިޝަނަށް މެމްބަރަކު ކަމާ ބެހޭ ފަރާތްތަކުން ކުރަމުންދާ ހުރިހާ މަސައްކަތެއް ހުއްޓަލުމަށް ސްޕްރީމު ކޯޓުން އަމުރުކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ސްޕްރީމު ކޯޓުން އަމުރު ނެރެފައިވަނީ އޭނާ ވަކިކޮށްލުމައި ގުޅިގެން ސްޕްރީމު ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައެވެ.
ފަހުމީ މަގާމުން ވަކިކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީން ނިންމުމާއި ގުޅިގެންނެވެ.
ފަހުމީ ވަނީ މަޖިލީހުން އޭނާ މަގާމުން ވަކިކޮށްފައިވަނީ އިންސާނީ ހައްގުތަކައި ބެހޭ މުއާހަދާތަކައި ހިލާފަށް ގާނޫނު އަސާސީއައި ވެސް ހިލާފަށް ކަމަށެވެ.
މެމްބަރަކު އައްޔަން ކުރުމުގެ މަސައްކަތް ހުއްޓާލުމަށް ސުޕްރިމް ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ