ގާސިމް މިފަހަރަށްވެސް ހައްޔަރުކުރީ ގާނޫނާއި ޚިލާފަށް: ރައީސް ނަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެވަނަ ފަހަރަށްވެސް ހައްޔަރުކޮށްފައިވަނީ ގާނޫނާއި ޚިލާފަށްކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ ގާސިމް އިބްރާހިމް ހައްޔަރުކުރުން ކުށްވެރިކުރައްވާ އެމަނިކުފާނު މިރޭ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ ގާސިމް އިބްރާހިމް މިފަހަރުވެސް ހައްޔަރުކޮށްފައިވަނީ ގާނޫނާއި ޚިލާފަށްކަމަށާ ގާސިމް ހައްޔަރުކުރި މައްސަލައާއި ގުޅިގެން ބައިނަލްއަގްވާމީ މުޖްތަމައުން ރާއްޖެއާއިމެދު ފިޔަވަޅު އަޅަންޖެހޭކަމަށެވެ.
ގާސިމް ހައްޔަރުކުރީ ގާނޫނާއި ޚިލާފަށްކަމަށާ ގާސިމް ހައްޔަރުކުރި މައްސަލައާއި ގުޅިގެން ބައިނަލްއަގްވާމީ މުޖްތަމައުން ރާއްޖެއާއިމެދު ފިޔަވަޅު އަޅަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ގާސިމް ފުރަތަމަ ހައްޔަރުކުރީ ގާނޫނީ އިމުން ބޭރުންކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.
އެފަހަރު ގާސިމް އިބްރާހިމް ގާނޫނީ އިމުން ބޭރުން ހައްޔަރުކޮށްގެން ފުލުހުން ވަނީ 6 ދުވަސް ވަންދެން ދޫނިދޫގައި އެކަހެރިކޮށް ގެންގުޅެފައެވެ.
ގާސިމް ހައްޔަރުކުރި މައްސަލައާއި ގުޅިގެން ބައިނަލްއަގްވާމީ ދުނިޔެއިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ގާސިމްގެ މައްސަލަ ވަރަށް ގާތުން ބަލަމުންދާކަމަށް އެފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ