10 ބިލިއަން ރުފިޔާ ގަށާނެ ކޮންކްރިޓް މެޝިނެއް ރާއްޖެއަކު ނެތް: ރައީސް ނަޝީދު

ދިހަ ބިލިއަން ރުފިޔާ ގަށާނެ ކޮންކްރިޓް މެޝިނެއް ރާއްޖެއަކު ނެތްކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައިވަނީ، ކައުންސިލަރުންނާ އެކު ކްރޮސްރޯޑްސްގައި "ވިޔަވަތި"ގެ ނަމުގައި ކުރިއަށްގެންދިޔަ ކޮންފަރެންސްގައި، ބަޖެޓްކޮށްފައި ހުރި ހުރިހާކަމެއް ތަންފީޒު ވާނެތޯ ވިދަާޅުވެ ޅ. ހިންނަވަރު ކައުންސިލުން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
"އަޅުގަނޑު ތެދަށް ދަންނަވަންޏާ އެހާ ކޮންކްރިޓް މެޝިނެއް ރާއްޖެއަކު ނެތް. 10 ބިލިއަން ރުފިޔާ ގަށާނެ ވަރެއް އަދި އަޅުގަނޑުމެން އަތަކު ނެތް." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ބަޖެޓްކޮށްފައި ހުންނަ ހުރިހާ ކަމެއް ތަންފޒީޒު ކުރާނެ ފެންވަރު އަދި ރާއްޖޭގައި ނެތްކަމަށެވެ. އަދި ކޮންމެ ޤައުމަކަށްވެސް ކަންކަން ކުރެވޭނީ އެޤައުމަކަށް އިޤްތިސާދު ހިފެހެއްޓޭނެ މިންވަރަކުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ވޭތުވެދިޔަ 20 އަހަރަށް ބަލައިފިނަމަ، ރާއްޖޭގެ ބަޖެޓްގެ 60 އިންސައްތަވަރު އާންމުކޮށް ތަންފީޒު ކުރެވޭކަމަށެވެ. އެހެން ކަމުން އަންނައަހަރަށް ލަފާކުރާ ބަޖެޓްގައި ހިންނަވަރަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ވެސް 60 އިންސައްތަ ތަންފީޒު ކުރެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ