ސީއެސްސީގެ މެމްބަރު ކަމަށް ޝަހީދު އައްޔަންކުރައްވައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުންދެއްވި ގއ. ވިލިނގިލީ ވައިޖެހޭގޭ ޝަހީދު މުހައްމަދު އެމަގާމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ. ޝަހީދާ ސީއެސްސީގެ މެންބަރުކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. ‏ ސީއެސްސީގެ މެންބަރު ކަމަށް ޝަހީދު މުޙައްމަދު ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ޝަހީދު ވަނީ ކުރައްވައިފަ އެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ