ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ރިޔާސީ ބަހުސް 2018 މިރޭ އޮންނާނެ
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ އެމްއެންޔޫ ރިޔާސީ ބަހުސް 2018 މިރޭ އޮންނާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުުނިވާސިޓީން ވިދާޅުވެއްޖެއެވެ.އެމްއެންޔޫގެ ޗާންސެލަރ ފަވާޒް ޝަރީފް ވިދާޅުވީ ރިޔާސީ ބަހުސް މިރޭ ނުވައެއް ޖަހާއިރު އެމްއެންޔޫ އޮޑިޓޯރިއަމްގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއަހަރުގެ ރިޔާސީ ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނީ ރިޔާސީ އިންތިހާބުގެ އެއް ނަމްބަރު ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމެވެ. އަދި ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް މިއަދު މެންދުރު 12 ޖެހުމާ ހަަމައަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް އަބްދުﷲ ޔަމީންއާއި އިބްރާހިމް މުހައްމަދު ސޯލިހުއަށް ދައުވަތު ދީފައިވީ ނަމަވެސް ބަހުސްގައި ބައިވެރިވުމަށް ނަން ދެއްވާފައި ވަނީ ހަމައެކަނި ރައީސް ޔާމިން ކަމަށް ފަވާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެންމެ ބޭފުޅަކު ބަހުސްގައި ބައިވެރިވެވަޑައިގަންނަވާތީ މުޅި ބަހުސް ކުރިއަށްގެންދާގޮތުގެ ފޯމެޓް ބަދަލު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ބަހުސްގައި އިންތިހާބުގެ ކެންޑިޑޭޓުންނާ ގުޅުން ހުރި ސުވާލުތަކާއި ފަސް އަހަރުގެ ދައުރެއްގައި ވެރިކަން ކުރައްވާނެ ގޮތުގެ ތަސައްވުރާއި ގުޅޭ ސުވާލުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.އޭގެ އިތުރުން ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލުތައްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އެމްއެންޔޫއާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ ބަހުސް ބްރޯޑްކާސްޓް ކުރުމަށް ހުރިހާ މީޑިއާތަކަށް ދައުވަތު ދީފައިވާނެ ކަމަށް ޗާންސެލަރ ފަވާޒް ވިދާޅުވިއެވެ. އެމްއެންޔޫ ރިޔާސީ ބަހުސްގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް ސޯލިހު ބައިވެވަޑައިނުގަތުމަށް ނިންމަވާފައިވާތީ އެމަނިކުފާނަށް އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ