18 ސެޕްޓެންބަރު 2018 ވަނަ ދުވަސް ސަރުކާރު ބަންދު

2018 ސެޕްޓެންބަރު 18 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމް، ސާފް ސުޒުކީ ކަޕް 2018 ގެ ޗެމްޕިޔަންކަން ހޯދާފައިވާތީ، ޤައުމީ ޓީމަށް މަރުޙަބާ ދެންނެވުމަށް ސެޕްޓެންބަރު 18 ވާ އަންގާރަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ސާފް ސުޒުކީ ކަޕް 2018 ގެ ފައިނަލް މެޗުގައި އިއްޔެ އިންޑިޔާގެ ޤައުމީ ޓީމާ ވާދަކޮށް ދިވެހިރާއްޖެއިން ޗެމްޕިޔަންކަން ހޯދާފައިވަނީ 2 ލަނޑު 1 ލަނަޑުގެ ނަތީޖާއަކުންނެވެ.
އިއްޔެގެ މެޗުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީއަށް ފޯނުން ގުޅުއްވައި ޓީމަށް ހިތްވަރުދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ