ސުޕްރީމް ކޯޓުގެ ހުރުމަށް ކެޑޭފަދަ ކަމެއް ކޮށްފައިނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ މެމްބަރުން އެގޮތަށް ވިދާޅުފައިވަނީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް އިލެކްޝަންސް މެންބަރުން އަމަލުކޮށްފައި ވާތީ އެކޯޓްގެ އަމިއްލަ އިސްނެގުމަކަށް ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުމެއްގައެވެ.
ސްޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްސަލަ ބަލަނީ ކޮމިޝަންގެ ޕްރެސް ކޮންފަރެންސްތަކުގައި ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކަވާތީ އާއި 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާނުލަން ކޯޓުން ކުރި ހުކުމާ ޚިލާފަށް އަމަލުކޮށްފައިވާތީއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުމުގައި ކޮމިޝަންގައި މިހާރު ތިއްބެވި ހަތަރު މެންބަރުން ވެސްވަނީ ވަކިވަކިން އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ކޮމިޝަންގެ މެމްބަރުންނާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ.
އެގޮތުން ސުޕްރީމް ކޯޓުން ނެރުނު ގައިޑުލައިންތަކާ އެއްގޮތަށް އަމަލު ކުރުމަކީ އުނދަގޫ ކަމެއްކަމަށް ނިއުސް ކޮންފަރެންސްތަކުގައި ކޮމިޝަންގެ މެމްބަރުން ވިދާޅުވީ ކީއްވެތޯ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ސުވާލުކުރެއްވުމުން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ވޯޓާސް ލިސްޓުގައި ސޮއިކުރުމަކީ އުނދަގޫކަމެއް ކަމަށާއި އަދި ތި ސުވާލު ކުރައްވާއިރު ފަޑިޔާރަށް ވެސް އެއީ އުނދަގޫކަމެއް ކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.
3000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން އުވާލާފައި ވަނީ އެ ކޯޓުން ކުރި އަމުރަކާ ޚިލާފަށް ކަމަށް ބުނެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި 3000 މެމްބަރުން ހަމަނުވާ ޕާޓީތައް ނުއުވޭނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ކަމަށާއި ކުރިން އަމަލުކުރަމުން ދިޔަ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނެފައިވާ ފަދައިން ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅަންޖެހޭނީ 3000 މީހުންގެ ސޮއި ކަމުގައި ބަލައިގަނެ ކުރިއަށް ގެންދިޔުމަށް އެ ހުކުމްގައި އަންގާފައިވާ ކަމަށެވެ. އެގޮތުން ކޮމިޝަނުން މިހާރު އަމަލުކުރަމުން އަންނަނީ ހުކުމާ އެއްގޮތަށް ކަމަށް ފުއާދް ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން ދެން މި މައްސަލައިގަ އިތުރު އަޑުއެހުމަށް އޮންނާނެ ދުވަހެއް އުއްތަމަ ފަނޑިޔާރު އިއުލާންކޮށްފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ހުރުމަށް ކެޑޭފަދަ ކަމެއް ކޮށްފައެއް ނުވާނެ – އިލެކްޝަންސް މެންބަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ