ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ހާލަތު ބަޔާންކޮށްދެއްވުމަށް ގާސިމް ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެއްނެވުމަށް ޖޭޕީ އާއި އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުން ވަނީ ތިން ނަންބަރު ފާލަން ދޮށަށް އެއްވެ، ވަރަށް ހޫނުު މަރުހަބާއެއް ކިޔާފައެވެ.
އެމްޑީޕީ އާއި ޖޭޕީ ގުޅިގެން "ގާނޫނު އަސާސީ ދިފާއުގައި ދިވެހިން" މިނަމުގައި ފަށާފައިވާ މަސައްކަތުގެ ދަށުން ރާއްޖޭން ބޭރުގެ ބޭފުޅުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަށް ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ގާސިމް ވަނީ އެ ގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ އިތުރުން ބޮޑުވަޒީރު ރަނިލް ވިކަރަމަސިންހައާ ވެސް ބައްދަލު ކުރައްވާފައެވެ. އަދި ލަންކާގައި ތިއްބަވާ ބޭރު ގައުމުތަކުގެ ބައެއް ސަފީރުންނާ ވެސް ގާސިމް ވަނީ ބައްދަލުކުރައްވާފަ އެވެ.
ގާސިމް މިއަދު މާލެ ވަޑައިގެންފައި މިވަނީ ރިޔާސީ ބަޔާން އިއްވުމަށް މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާ އަށް ގާސިމް ވަޑައިނުގަންނަވާނެ ކަމަށް، ގާސިމްގެ ހެކްކޮށްފައިވާ ޓްވިޓާ އެކައުންޓުން ޓްވީޓްކޮށް، ސޯސަލް މީޑިއާގައި އެއަޑު ފެތުރެމުން ދަނިކޮށެވެ.
ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ގާސިމް މާލެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ