ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް ކުރި ޙުކުމް ބާޠިލުކޮށްދިނުމަށް ސްޕްރީމް ކޯޓުގަ އިލްތިމާސްކޮށްފި

ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް ކުރި ޙުކުމް ބާޠިލުކޮށްދިނުމަށް ސްޕްރީމް ކޯޓުގަ އިލްތިމާސްކޮށްފިއެވެ.
މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ވަކީލް ހިސާން ވިދާޅުވީ ސްޕްރީމް ކޯޓަށް އެޓީމުން ހުށަހެޅި މައްސަލައަކީ ޕީޖީ ދާދިފަހުން އިސްތިއުނާފް ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅި ރައީސް ނަޝީދުގެ މައްސަލަ ނޫން ކަމަށެވެ. "އަޅުގަނޑުމެން މިހުށަހެޅި މައްސަލައަކީ ކްރިމިނަލް ކޯޓުން ނިންމި ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފްކުރުމަށް ހުށަހެޅި މައްސަލަ."
ހިސާން ވިދާޅުވީ ޕީޖީ، ސްޕްރީމް ކޯޓަށް ހުށަހެޅި ރައީސް ނަޝީދުގެ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފައިވާކަމަށް ދިވެހި ޚާރިޖިއްޔާ އިން ބުނި ނަމަވެސް އަދި މިހައިތަނަށް އެ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފައިވާކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. "އަޅުގަނޑުމެން އުންމީދު މިކުރަނީ މިއަދުން މިއަދަށްވެސް މިމައްސަލަ ސްޕްރީމް ކޯޓުން ބަލައިގަނެ ކުރިއަށް އޮތް ދުވަސްތަކުގައި ޝަރީއަތް ކުރިއަށްދާނެ ކަމަށް. ޝަރުޢީ ނިޒާމުގެ ތެރެއިން މައްސަލަ ނިމި ވީހައި އަވަސް ހައްލެއް ލިބުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވާ."
ހިސާން ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވަނީ ޙައްޤު ހުކުމެއް ކަމަށް ބޮޑެތި ޤައުމުތަކުން ޤަބޫލުނުކުރާއިރު އެޤައުމުތަކުން ޤަބޫލުކުރަނީ ރައީސް ނަޝީދަށް ލިބިވަޑައިގަންނަވަމުން ދަނީ ހައްޤު ނޫން އަނިޔާތަކެއް ކަމަށެވެ. "އެހެންވީމާ މިމައްސަލައަށް އިންސާފުވެރި ޙައްލެއް ލިބުމަކީ ވަރަށް މުހިންމު ކަމެއް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ