އދ. ގައި ޚިޔާލު ފާޅުކުރުމާއި ދީނީ މިނިވަންކަމާ ބެހޭ ރެޕައުޓާގެ މަގާމު ފުރުއްވަމުން ގެންދަވާ ޑރ. އަހުމަދު ޝަހީދުގެ މަގާމުގެ މުއްދަތު އިތުރުކޮށްފިއެވެ.
2016 ވަނަ އަހަރު އދ. ގައި ރެޕްއުޓާ އެއްގެ މަގާމަށް އައްްޔަންކުރައްވާފައިވާ ޑރ. އަހުމަދު ޝަހީދުގެ މަގާމުގެ މުއްދަތު އދ. އިން އިތުރުކޮށްދީފައިވަނީ 2022 އާ ހަމައަށެވެ.
ޑރ. އަހުމަދު ޝަހީދުގެ މަގާމުގެ މުއްދަތު އިތުރުކޮށްދީފައިވާކަމަށް ޑރ ޝަހީދު ހާމަކުރައްވާ، އޭނާ ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ. ޝަހީދު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ އދ. ގައި ޚިޔާލު ފާޅުކުރުމާއި ދީނީ މިނިވަންކަމާ ބެހޭ ރެޕައުޓާއެއްގެ މަގާމު ފުރުމަށް ލިބުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއްކަމަށެވެ. އަދި އެ މަގާމުގައި މަސައްކަތްކުރުމުގެ މުއްދަތު އދ. އިން އިތުރުކޮށްދީފައިވުމުން އުފާކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ޑރ. އަހުމަދު ޝަހީދުގެ މަގާމުގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ