ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ،ރީނދޫ ސަމާލު ނެރެެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ،ރީނދޫ ސަމާލު ނެރެެފި އެވެ.
ރާއްޖެގެ މޫސުމާއި ބެހޭ ގައުމީ އިދާރާ(މެޓް) އިން ދެންމެ ނެރުނު ރީނދޫ ސަމާލު ނެރެފައި ވަނީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށެވެ.
އެ ސަމާލުގައި ބުނެފައި ވަނީ މި ސަަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު، އާއްމު ވައި ގަޑިއަކު 25 މޭލާއި، 30 މޭލާއި ދެމެދު ހުންނާނެ ކަަމަށެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 21:00 އަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުން ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވާނެ އެވެ.
މެޓް އޮފީހުން ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ކުރިއަށް ލަފާކޮށް ބުނެފައި ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ،
ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ