އެމްޕީއެލްގެ ބަހުގެ ހިދުމަތް ހޯދާ މީހުންގެ އަދަދު ލައްކައަކަށް!

ސިނަމާލެ ބުރިޖުން މާލެއާއި ހުޅުމާލެ އާ ދެމެދު ބަހުގައި ދަތުރުކުރާ މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރައިފި އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ބަލާއިރު ބަހުގެ ހިދުމަތް ބޭނުންކޮށްފައިވަނީ 57،630 މީހުންނެވެ. އޮކްޓޯބަރު މަހު މި އަދަދު ވަނީ 95،480 އަށް އިތުރުވެފަ އެވެ. އަދި ނޮވެމްބަރު މަހު މި އަދަދު ވަނީ 122،897 އަށް އިތުރުވެފަ އެވެ. އޭގެފަހުން ޑިސެމްބަރު މަހު ސިނަމާލެ ބުރިޖުން ހުޅުމާލެއާއި މާލެ އާއި ދެމެދު ދަތުރުކުރި މީހުންގެ އަދަދު ވަނީ 182،258 އަށް އިތުރުވެފަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ބަހުގެ ހިދުމަތް ބޭނުންކޮށްގެން މާލެއިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދަތުރު ކުރާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މި ހިދުމަތް އެންމެ ފުރަތަމަ ފެށިއިރު 5،422 މީހުން ބަހުގެ ހިދުމަތް ހޯދާފައިވާއިރު މިދިޔަ އަހަރު ނިމުނުއިރު މި ހިދުމަތް ބޭނުން ކުރި މީހުންގެ އަދަދު ވަނީ 11,252 އަށް އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ