މޫސުން އަދިވެސް ގޯސް، ސަމާލުވޭ!

ރާއްޖެ އަށް މިހާރު
ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް
އަދިވެސް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި ގުގުރާނެ
ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މޫސުމާ ބެހޭ
ގައުމީ އިދާރާގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ހއ އިން މ އަތޮޅަށް ޔެލޯ
އެލާޓް ނެރެފައިވަނީ މިއަދުގެ ހެނދުނު 9:00 އިން 13:00 ގެ ނިޔަލަށެވެ. އޭގެ
އިތުރުން މި ސަރަހައްދަށް އަދިވެސް މޫސުން ގޯސްވެ ވިއްސާރަކޮށް ގުގުރުން
އެކަށީގެން ވާތީ، ޔެލޯ އެލާޓް ވަނީ މިރޭ 9:00 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ބޯކޮށް ވާރޭ
ވެހުމާ އެކު ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓުން
ލަފާކުރެ އެވެ.
ކަނޑުތައް އާދައިގެ ވަރަކަށް
ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ
އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުނެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ
ވަޔާއެކު ވިއްސާރަ ކުރަމުންދާއިރު ބައެއް ރަށްރަށުގައި ވަނީ ފެންބޮޑުވެ، ބައެއް
ގޭގެއަށް ފެން ވަދެފަ އެވެ. އަދި ރުއްގަސް ވެއްޓި، ބައެއް ގެތަކުގެ ފުރާޅު ވެސް ހަލާކުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ