ރިޔާސީ އިންތިހާބު ބާތިލްކޮށް، އަލުން އިންތިހާބެއް ބޭއްވުމުގެ އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުށަހެޅުއްވި ދޫސްތޫރީ މައްސަލައިގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ޝަރިއްޔަތު ގެއްލިފައިވާ ކަމަށް ކަނޑައެޅޭނެ އަސާސެއް ނެތް ކަމަށެވެ. އަދި އަލުން އިންތިހާބު ބޭއްވެނެ އަސާސެއް ނެތް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ފުލުހުންގެ އިދާރާވ އާއި މޯލްޑިވްސް ޑިފެންސް ފޯސް މެދުވެރިކޮށް ތަހްގީގް ކުރެވޭނެ އެއްވެސް އަސާސެއް ނެތް ކަމަށް ކަނޑައަޅުއްވާފައެވެ. ސުޕްރީމް ކޯޓުން ފާހަގަކުރެއްވި ގޮތުގައި، އެ މައްސަލަ ތަހްގީގް ކުރަން ޖެހޭ ވަރުގެ ހެއްކާއި ދަލީލެއް ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައި ނެތް ކަމަށެވެ. އޭގެ އިތުރުން، އެ ކޯޓުން ވަނީ ރިޔާސީ އިންތިހާބާއި ގުޅިގެން އިތުރަށް ފާހަގަވާ މައްސަލައެއް ވާނަމަ، ދައުވާ ކުރާ ފަރތްތަކުން އެކަމުގައި ޤަނޫނީ އިޖުރާތްތަކުގެ ތެރެއިން ހައި ކޯޓަށް ހުށައެޅޭނެކަން ފާހަގަކުރައްވާފައެވެ.އަދި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާނަމަ، ކަމާ ގުޅުން ހުރި މުއައްސަސާތައް މެދުވެރިކޮށް އެކަން ތަހްގީގް ކުރަން ހުށަހެޅޭނެ ކަމަށެވެ. އަދި އެކަމަށް ދައުވާ ކުރަން ބޭނުންވާ ނަމަ، ޕްރޮސެކިއުޓަރ ޖެނެރަލް އަށް ލިބިފައިވާ ބާރުގެ ދަށުން ދައުވާ ކުރެވޭނެ ކަމަށާއި، އަދި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ޒިންމާތައް ރަނގަޅަށް އަދާކުރެވިފައި ނުވާކަމަށް ޤަބޫލް ކުރެވޭ ނަމަ ރައްޔިތުން މަޖިލިސް މެދުވެރިކޮށް، އެ ފަރާތްތައް ޖަވާބު ދާރީ ކުރެވޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން ވަނީ ރިޔާސީ އިންތިޚާބުގެ ވޯޓާއި ރަސްމީ ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ އެއްވެސް ހެއްކެއް ނުވަތަ ދަލީލެއް ދައުވާ ކުރި ފަރާތުން ހުށަހަޅާފައި ނުވާކަން ފާހަގަކުރައްވާފައެވެ.އެ މައްސަލައިގެ ހުލާސާ އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެ މައްސަލަ އަކީ ދޫސްތޫރީ މައްސަލައެއް ނޫން ކަމަށެވެ. އަދި މައްސަލަ އަކީ ސުޕްރީމް ކޯޓުގެ އިހްތިސާސުގައި ހިމެނޭ ކަމެއް ނޫން ކަމަށް އެ މައްސަލައިގައި ޖަވާބުދާރި ވެވަޑައިގަންނަވާ އިލެކްޝަންސް ކޮމިޝަނާއި އެ މައްސަލައިގައި ތަދައްޚުލް ވެވަޑައިގެންނެވި ފަރާތްތައް ވިދާޅުވެފައިވާތީ، އެއީ ސުޕްރީމް ކޯޓުން ބެލޭނެ ކަމެއް ކަމަށް. އަދި އެކަމަކީ ޖަދަަލު ކުރެވޭނެ މައްސަލައެއް ނޫންކަން ކޯޓުން ފާހަގަކުރެއްވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ޤަނޫނީ ޓީމު ފޮޓޯ: އިލެކްޝަންސް ކޮމިޝަން
މީގެއިތުރުން، ޝަރީއަތަށް މައްސަލަ ހުށަހެޅުއްވި ފަރާތްތަކުން ހުށަހަޅުއްވާފައިވާ 4 ސިއްރު ހެކި ބަލައިގަންފާ ނުވާ ކަމަށް އިޝާރާތް ކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ހެކި ބަހަކީ އިންސާނާގެ 5 ހިއްސުންކުރެ އެއް ހިއްސަށް އިނގޭ ކަމެއްގެ މައްޗަށް ބިނާކޮށް ހުށައަޅާ އެއްޗެއް ކަމަށެވެ. އަދި އިންޑެންޑިޓީ ސިއްރު ކުރުމަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ކުރާ ކަމެއް ކން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޓެރަރިޒަމް ފަދަ ޖިނާއީ މައްސަލަތަކުގެ އިތުރުން ކޯޓުތަކުގައި ހިނގާ އިތުރު މައްސަލަތަކުގައި ސިއްރު ހެކިން ބަލައިގަންނަނީ މައްސަލައިގެ ބާވަތުން ކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އަދި އެ މައްސަލައިގައި ސިއްރު ހެކި ބަލައިގަންނާނެ އަސާސެއް ނެތުމުން ސިއްރު ހެކި ބަލައި ނުގަންނަން ނިންމެވިކަން ފާހަގަކުރެއްވިއެވެ. ހުލާސާގައި ތިން ވަނަ ކެމެއްގެ ގޮތުގައި ކޯޓުން ފާހަގަކުރެއްވީ، އިންތިހާބުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ އިލެކްޝަން ކޮމިޝަންގެ ޒިންމާތަކާއި ހިލާފަށް ކަމަށް ހުށައެޅި ފަރާތްތުން ވިދާޅުވި އެއްޗަށް ރިޔާތް ކޮށެވެ. އެގޮތުން، ޤަނޫނު އަސާސީގެ 170 ވަނަ މައްދާގެ ދަށުން ބަޔާން ކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތު ގެ މަތިން އިލެކްޝަނުން ކަންކޮށްފައި ނުވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަން ކޯޓުން ވިދާޅުވިއެވެ.އަދި ވޯޓުގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި މަކަރާއި ހީލަތް ހަދާ ވޯޓް އޮޅުވާލާފައިވާކަމަށް ބުނާ ވާހަކަ އަކަށް ސާބިތު ހިފޭ ހެއްކެއް ނެތް ކަން އުއްތަމަ ފަނޑިޔާރު ވިދާޅުވިއެެވެ. މީގެއިތުުރުން، ވޯޓް ކަރުދާސް ތައްޔާރު ކުރުމުގެ ޒިންމާ އެމް 7 ޕްރިންޓާސް އާއި ހަވާލު ކުރެވުނު ނަމަވެސް، އެކަމުގައި ވަކި ބަޔަކަށް މަންފާވާގޮތައް އެ ކުންފުންޏާއި އިލެކްޝަންސް ކޮމިޝަނުން އަމަލު ކޮށްފައިވާ ކަމުގެ އެއްވެސް ދަލީލެއް ނެތް ކަމަށާއި އެކަން އެގޮތައް ކަނޑައެޅުމުގެ ދަލީލެއް ނެތްކަން އުއްތަމް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ސެކިއުރިޓީ ރޫމްގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށް ދައުވާ ހުށައެޅުއްވި ރައީސް ޔާމީންގެ ޤަނޫނީ ޓިމުގެ ފަރާތުން ޝަރީއަތުގެ މަޖިލީހަށް ހުށައެޅުއްވި ހެއްކަށް އިޝާރާތް ކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ސެކިއުރިޓީ ކަންކަން ފުލުހުން މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންގޮސްފައިވާކަމުގެ ހެކި ފެންނަން އެބަހުރި ކަމަށާއި އެތަނުގައި ސީސީޓީވީ ހަރުކުރެވި އެތަނުގެ މޫވްމަންޓްތައް މޮނިޓާރ ކޮށްފައިވާކަމަށެވެ.އަދި ވޯޓް އޮޅުވާލުމަށް މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ކޯޓަށް ހުށައެޅިފައިވާ ހެއްކަށް ރިޔާއަތް ކޮށް، 8 ވަނަ ކަމެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދެލި ފޮހެވޭ ގަލަމާއި ކެމިކަލް ބޭނުންކޮށްފައިވާ ކަރުދާސް ބޭނުންކޮށްފައިވާ ވޯޓް ފޮއްޓަކާއި ބޭނުންކޮށްފައިވާ ކަރުދާހެއްގެ ޝަކުވާއެއް ހުށައެޅިފައި ނެތް ކަމަށާއި، އެކަމުގެ އެއްވެސް މައްސަލައެއް ފެންމަތިވެފައި ނެތް ކަމަށެވެ.އަދި އެއްވެސް އޮނގޮޓިއެއް އެއްވެސް އޮފިޝަލެއްގެ އަތުގައި އޮތް މައްސަލައެއް ހުށައެޅިފައިވާ ނެތްކަން ފާހަގަކުރެއްވިއެވެ. އަދި ރިޔާސީ އިންތިހާބުގެ ޤަވައިދުގެ 49 ވަނަ މައްދާގެ ދަށުންނާއި އިންތިހާބު ތަކާއި ބެހޭ އާއްމު ޤަނޫނުގެ 62 ވަނަ މައްދާގެ ދަށުން ގާއިމްކޮށްފައިވާ ކޮމްޕްލޭންޓްސް ބިއުރޯ އިން 423 މައްސަލައަށް ޖަވާބު ދާރީ ވެފައިވާކަން ފެންނަން އެބަހުރިކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން އިންތިހާބުގައި ވޯޓް ފާހަގަ ޖަހަން ގާއިމްކޮށްފައިވާ ބޫތުތަކުގެ ސަބަބުން ވޯޓްގެ ސިއްރުކަން ކަށަވަރު ނުކުރެވޭ ކަމަށް ދައުވާ ހުށަހެޅި ފަރާތުން ހުށައެޅި މައްސަލަ އަށް ރިޔާއަތްކޮށް އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ވޯޓިންގް ބޫތާއި ގޫޅޭ މައްސަލަ ހުށައެޅި މައްސަލަތައް ބެލިފައިވާކަން ފެންނަ އެބަހުރި ކަމަށެވެ. މީގެއިތުރުން ހުރިހާ ވޯޓް ފޮއްޓެއްގައި ވޯޓް ކަރުދާސްތައް ޗެކް ކުރުމަށް ޔޫވީ ލައިޓް ބޭނުންކޮށްފައި ނުވާ ކަމަށް ހުށައެޅި މައްސަލައަށް ރިޔާއަތް ކުރައްވާ ކޯޓުން ވިދާޅުވީ، ޔޫވީ ލައިޓް ބޭނުންކޮށްގެން ހުރިހާ ވޯޓް ކަރުދާސް ބެލުމަކީ ޤާނޫނާއި ޤަވައިދުން ލާޒިމް ކަމެއް ނޫން ކަމަށެވެ. އަދި ސެކިއުރިޓީ އުރަ 3 ބަންދުނުކޮށް ހުރި އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެކަންކޮށްފައިވާ ދަލީލެއް ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ 2013 ވަނަ އަހަރުގެ ގައިޑްލައިނާއި ހިލާފަށް އަތް ދަބަހާއި ފޯނު ފަދަ ތަކެތި ވެއްދި 38 މައްސަލައެއް ފެންނަން އެބަހުރިކަމަށާއި، އެ މައްސަލަތައް ބަލާ އޮފިޝަލުންނަށް އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅާފައިވާކަމަށެވެ. އެ މައްސަލަ ނިންމާފައިވަނީ އިންތިހާބުގެ ރަސްމީ ނަތީޖާއަށް ބަދަލު އަންނާނެ ވަރުގެ ހެއްކެއް ނެތް ކަމުން ބާތިލް ނުކުރެވޭނެކަން ބަޔާން ކޮށެވެ.
ސުޕްރީމް ކޯޓު
ލަޔާލް މަނިކް
100.00%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ސިފައިންނަކީ ސިޔާސީ ކަންކަމާއި ދުރުހެލި ވާން ޖެހޭ ބައެއް- ޑިފެންސް މިނިސްޓަރ
15 މިނެޓް ކުރިން
ޕޮލިހުން އަނެއްކާވެސް ފައިނަލަކަށް
15 މިނެޓް ކުރިން
ދުނިޔޭގެ ޝެފުންގެ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި
15 މިނެޓް ކުރިން
އިންތިހާބު ބާތިލު ކުރާނެ ޖާގައެއް ނެތް: ސުޕްރީމް ކޯޓު
15 މިނެޓް ކުރިން
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް ފާހަގަކޮށްފި
43 މިނެޓް ކުރިން
މަގުތަކަށް ނުކުތުމަށް ނަޝީދު ގޮވާލައްވައިފި
1 ގަޑި ކުރިން
މޯދީ ދިވެހި ބަހުން ޓުވީޓް ކުރުމަކީ ބިރުވެރި މަންޒަރެއް: އަލީ އާދަމް
21 ގަޑި ކުރިން
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ދިވެހި ބަހުން ޓުވީޓެއް ކޮށްފި
22 ގަޑި ކުރިން
"ޖެނެރަލް މުސްތަފާ"
16 ގަޑި ކުރިން
ރައީސް ނަޝީދު ސައުދީއަށް ވަޑައިގެންނެވި ކަމަށް ގަބޫލުނުކުރެވޭ: ސިއްދީގު
23 ގަޑި ކުރިން
މޯލްޑިވްސް ޖުޑީޝަރީގެ ފޭކް ޓުވިޓާ އެކައުންޓެއް ދައުރުވަމުންދާތީ ސަމާލުވުމަށް އަންގައިފި
22 ގަޑި ކުރިން
މޫސަގެ ރައްދު އެމްޑީޕީއަށް: ވަންނާނެ ޕާޓީއެއް ނެތިގެން ނޫޅެން
17 ގަޑި ކުރިން
އިންތިހާބު ބާތިލު ކުރާނެ ޖާގައެއް ނެތް: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ