މިހިނގާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް، މިއަހަރު އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ވާދަކުރެެއްވުމަށް ނިންމަވައިފިއެވެ.
ރިޔާޒު ވަނީ މިކަން ޓްވިޓަރ މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފައެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަންވެސް އަދާކުރައްވަމުން ގެންދަވާ އަބްދުﷲ ރިޔާޒް ވިދާޅުވީ، މާތް ﷲ ގެ ވާގިފުޅާއެކު 2019 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ/ވޭމަންޑޫ ދާއިރާއަށް ކުރިމަތިލާން ނިންމަވާފައިވާކަމަށެވެ.
އަދި ދާއިރާގެ އެންމެހާ ރައްޔިތުންގެ ތާއީދު ދެއްވުމަށް އެދި ރިޔާޒު ވަނީ އަދަބުވެރިކަމާއި އެކު ދަންނަވާފައެވެ.
އަބްދުﷲ ރިޔާޒު މި ދާއިރާއަށް ޖޭޕީގެ ފަރާތުން ކުރިމަތިލެއްވުމަށް ނިންމަވާފައިވާއިރު، އެ ގޮނޑީގައި މިހާރު އިންނެވި މެންބަރު މުސްތަފާ ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ފޯމް ހުށައަޅުއްވާފައެވެ.
އަބްދުﷲ ރިޔާޒުގެ މިސްރާބު މިފަހަރު ތިމަރަފުށީ ދާއިރާއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ