މާލޭ ފިހާރައަކަށް ވަދެ ވަޅިން ބިރު ދައްކާ ފައިސާ ފޭރުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ހައްޔަރުކުރީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ، އެ ހާދިސާ ހިނގާފައިވަނީ މާފަންނު ބިސްބިރު ކައިރީގައި ހުންނަށް ފިހާރެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ހައްޔަރުކުރި މީހާ ވަޅި ހިފައިގެން ފިހާރައަށް ވަދެ އެ ފިހާރައިގެ ވައްގަނޑުން ފައިސާ ފޭރިގަނެފައިވާ ކަަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ފައިސާތައް ފޭރިގަތުމަށްފަހު ފިލައިގެން އުޅެނިކޮށް ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.
ވަޅިން ބިރު ދައްކައިގެން ފައިސާ ފޭރުނު މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ