ސަރުކާރު ތަމްސީލް ކުރަމުންދާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ދެކޮޅަށް އެ ޕާޓީގެ މެމްބަރަކު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ސިވިލް ކޯޓުގެ 18 އޮކްޓޫބަރު 2018 (މިއަދު)ގެ ތަވާލްގައިވާ ގޮތުން ޕީޕީއެމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެ ޕާޓީގެ މެމްބަރެއް ކަމަށްވާ ލ. ގަން/ތުނޑި، ހަވި، އަލީ އަހްމަދު އެވެ. އަލީ އަހްމަދު ޕީޕީއެމްއާއި ދެކޮޅަށް ކޮށްފައިވާ ދައުވާގެ ތަފްސީލްގައިވަނީ އެ މައްސަލަ އަކީ ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ނުވަތަ ސްޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޙްތިސާސްގެ ދަށުން ކަނޑައަޅާފައިވާ މައްސަލައެއް ކަމަށެވެ.
"ތޫރަ އޮންލައިން" އަށް ވަރަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދެމުން ވިދާޅުވީ ޕީޕީއެމްގެ މެމްބަރެއްގެ ފަރާތުން ހުށަހެޅުއްވި މި މައްސަލައަކީ ޕީޕީއެމްގެ އަސާސީ ޤަވާއިދާއި ހިލާފަށް ކަންކޮށްފައިވާތީވެ، އެ ޕާޓީ އަނބުރާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް ހޯދައިދިނުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައިގެ މިއަދު އޮތީ ޑިސްޕިއުޓް މަރުހަލާކަމަށް އެ ފަރާތުން ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލަ ތާވަލްކޮށްފައިވަނީ މިއަދު 13:30 އަށެވެ.
ޕީޕީއެމް އަނބުރާ ކުރީގެ ރައީސް މައުމޫން ހޯދުމަށް މައްސަލައެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ