ދިވެހި އަސްކަރިއްޔާ އުވާލަން ވިސްނާ ބަޔަކާ ރައްޔިތުން ވެރިކަން ހަވާލެއް ނުކުރާނެ: ދިފާޢީ ވަޒީރު
ދިވެހި އަސްކަރިއްޔާ އުވާލުމުގެ ވިސްނުން ގެންގުޅޭ ބަޔަކަށް ރައްޔިތުން ވެރިކަން ހަވާލު ނުކުރާނެ ކަމަށް ދިފާޢީ ވަޒީރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.މިނިސްޓަރ އާދަމް ޝަރީފު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ވެރިކަމެއްގައި ދިވެހި އަސްކަރިއްޔާ އުވާލާނެ ކަމުގެ އިންޒާރު ކުރީގެ ބަންޑާރަ ނާއިބު ހުސްނުއްސުއޫދު ދެއްވުމާއި ގުޅިގެންނެވެ. ޗެނަލް ތާޓީންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ އެމްއެންޑީއެފްއަކީ ރާއްޖޭގެ އައްޑަނަ ކަމަށާއި، ދިވެހި އަސްކަރިއްޔާގައި ގާބިލުކަން އެބަހުރި ކަމަށެވެ. އަދި ކޮންމެ މުއައްސަސާއަކަށް ބޮޑު ކަމެއް ކުރިމަތި ވިޔަސް، އެކަން ހައްލުކުރެވޭ ވަރުގެ ގާބިލު މީހުން އަސްކަރިއްޔާގައި އެބަތިބި ކަމަށް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ސިފައިންނަކީ ރައްޔިތުންގެ ފުރާނައާއި، މުދަލާއި، ގައުމު ސަލާމަތްކުރުމަށް ތައްޔާރަށް ތިބި ބައެކެވެ. އަދި ދިވެހި އަސްކަރިއްޔާއަށް ރައްޔިތުންގެ ތާއީދު އެބައޮތްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ އިތުބާރު ގެއްލޭ ގޮތައް ވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. މިނިސްޓަރ މިހެން ވިދާޅުވި އިރު، ނަޝިދުގެ ސަރުކާރުގެ ބަންޑާރަ ނައިބުކަން ކުރެއްވި ހުސްނުއްސުޢޫދު ކުރެއްވި ޓުވީޓެއްގައި އެމްޑީޕީގެ ވެރިކަމެއްގައި އެމްއެންޑީއެފް އުވާލާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ