ޖޭޕީން ވަކިވެވަޑައިގެން އަބްދުﷲ ކަމާލުއްދީން، މައުމޫނަށް ތާއީދުކުރައްވަން ނިންމަވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކުރީގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުންދީން ޖޭޕީން ވަކިވެވަޑައިގެން، ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ރައީސް މައުމޫނު ފެއްޓެވި އިސްލާހީ މަސައްކަތަށް ތާއީދުކޮށް ކުރިއަށް ދާން ނިންމަވާފައިވާ ކަމަށެވެ.
އެ ނިންމެވުން ނިންމީ ޖޭޕީއާ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށްވެސް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
އަބްދުﷲ ކަމާލުއްދީނަކީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި މައުމޫނުގެ އަރިހުގައި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ރައީސް މައުމޫނުގެ ސަރުކާރުގެ ބައެއް ވުޒާރާތަކުގައި ވަޒީރެއްގެ ގޮތުގައި އަބްދުﷲ ކަމާލުއްދީން ވަނީ ހިދުމަތް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ