އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު، މާލީ އަޙްމަދު ޢަބްދުﷲގެ އޮފީހަށް ގުރޫޕަކުން ވަދެ މުދަލާއި، މުއައްޒަފުންނަށް ގެއްލުންދީ، އަހުމަދު އަބްދުﷲ "ދުއްވާލާނެ" ކަމުގެ އިންޒާރުދީ ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ފޭރިގެންފިއެވެ.
އެމްޑީޕީންބުނީ އަޙްމަދު ޢަބްދުﷲގެ އަމިއްލަ ވިޔަފާރީގެ މަސައްކަތް ހިންގާ އޮފީހަށް ރޭގެ ވަގުތެއްގައި ވަޅި ހިފައިގެން ގްރޫޕަކުން ވަދެ، އޮފީހުގައި އެވަގުތުހުރި މުއައްޒަފުގެ އަތާއި، ފައި އަދި މޫނު ބަނދެ، 36،500 ދިވެހި ރުފިޔާއާއި، ދެ ލެޕްޓޮޕްވަނީ ވަގަށް ގެންގޮސްފައިވާ ކަމުގައެވެ.
އޭގެ އިތުރުން އޮފީހުގެ ގޮނޑިމޭޒާއި، އެހެނިހެން ތަކެއްޗަށް ގެއްލުންދީ އަޙްމަދު ޢަބްދުﷲ ”ދުއްވާލާނެ“ ކަމުގެ އިންޒާރު، ރަހީނުކުރި މުވައްޒަފަށް ދިންކަމަށްވެސް އެމްޑީޕީން ބުނެއެވެ.
މިމަސްއަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، މިއީ އާދައިގެ ވައްކަމެއް ނުވަތަ ފޭރުމެއްކަމަކަށް ނުބެލެވޭކަމަށާއި އެއީ އަޙްމަދު ޢަބްދުﷲއަށް ސީދާ އަމާޒުކޮށް، ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ އިސް ސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބިރުދެއްކުމުގެގޮތުން ދުރާލާ ރާވައިގެން ހިންގާފައިވާ ޖިނާޢީ ކުށްކަމަށް ދެކޭކަމަށްވެސް އެމްޑީޕީން ބުނެއެވެ.
"މިނޭއްގާނީ ޢަމަލު: ފުރިހަމަ ތަޙްޤީޤެއްކޮށް، ކުށުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށްވެސް އެމްޑީޕީން ބުނެއެވެ.
މީގެ އިތުރުން އެމްޑީޕީއާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕްގެ ބޭފުޅުންނަށާއި، ޙަރަކާތްތެރިންނަށް އަމާޒުކޮށް، ރިޔާސީ އިންތިޚާބާ ދިމާކޮށް، ކުރަމުންދާ ގޯނާއާއި، އެކި ބާވަތުގެ ގެއްލުމާއި، އުނދަގޫތައް ހުއްޓާލުމަށްވެސް ގޮވާލާ ކަމަސާއި އެފަދަ ޢަމަލުތައް ކުށްވެރިކުރާކަމަށްވެސް އެމްޑީޕީން ބުނެއެވެ.
އަހުމަދު އަބްދުﷲގެ އޮފީހަށް ގެއްލުންދީ ފައިސާއާއި ތެކެތި ފޭރިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ