އިންޓަރ ސްކޫލް ޤުރުއާން މުބާރާތް މިމަހު 24 ގައި ފަށަނީ

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސްކޫލް ކުދިންގެ ޤުރުއާން މުބާރާތް މިމަހުގެ 24 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމަރުކަޒުން ހާމަކޮށްފިއެވެ.ފޮތުން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮތްޕާއި ހާފިޡުންގެ ގޮފި ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިގައި ވިދިވިދިގެން 5 ފޮތާއި 10 ފޮތާއި 15 ފޮތުން ތަޖުވީދުގެ ހަމަތަކަށް ކިޔެވުން ހިމެނެއެވެ. ހިތުން ކިޔެވުމުގެ ބައިގައި ހިމެނެނީ ވިދިވިދިގެން 2 ފޮތާއި، 4 ފޮތާއި، 6 ފޮތް ތަޖުވީދުގެ ހަމަތަކަށް ކިޔެވުމެވެ. އަދި ހާފިޡު ކަމުގެ ބައިގައި މުޅި ޤުރުއާން ހިތުދަސްވެފައިވުމާއެކު ތަޖުވީދު ހަމަތަކުން ކިޔެވުން ހިމެނެއެވެ.މިއަހަރުގެ މުބާރާތުގައި އެންމެ މޮޅު ސްކޫލްތައް ހޮވުމަށް ހަމަޖެހިފައިވާއިރު، މިމުބާރާތުގެ ކިޔެވުން ކުރިއަށްދާނީ 5 ދަންފަޅިއަކަށް ބަހާލައިގެން އަރަބިއްޔާ ސްކޫލް ހޯލުގައި ކަމަށް މަރުކަޒުން ހާމަކުރެއެވެ.ކީރިތި ޤުރުއާނުގެ ފަންނު ދިރުވައި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މިމުބާރާތުގައި މިފަހަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުން 71 ސްކޫލަކުން ޖުމުލަ 431 ކުދިން ބައިވެރިވެފައިވާކަށް ކީރިތި ޤްރުޢާނާބެހޭ މަރުކަޒުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ