ރައީސް މައުމޫން ގެއަށް ބަދަލު ކުރެއްވުމަށް މެންބަރު ލަތީފު ގޮވާލައްވައިފި

ރައީސްޔާމީންގެ ވެރިކަން ވައްޓާލަށް އުޅުނު ކަމުގެ ތަފާތު ތުހުމަތު ތަކާގުޅިގެން ޖަލަށްލާފައިވާ އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބުދުލްޤައްްޔޫމް މިހާރުން މިހާރަށް ގެއަށް ބަދަލުކުރެއްވުމަށް، ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފު މުހައްމަދު ގޮވާލައްވައިފި އެވެ.
މާފުށީ ޖަލުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބުދުލްޤައްޔޫމުގެ ސިއްޙީ ހާލުކޮޅު ގޯސްވެ، ފަރުވާދޭން ފަށާފައިވާކަމުގައި ކަމުގެ ހަބަރުތައް އިއްޔެ ވަނީ މިޑިއާތަކުން ރިޕޯޓުކޮށްފައެވެ. އަދި މިކަމުގެ ކަންބޮޑުވުން ރައީސް މައުމޫނުގެ އަރިސް ބައެއް ބޭފުޅުންވެސް ގެންދަވަނީ ފާޅުކުރައްވަމުންނެވެ.
މެންބަރު ލަތީފު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ، ރައީސް މައުމޫންގެ ސިއްޙީ ހާލުކޮޅު ވަރަށްބޮޑަށްދެރަވެ އެމަނިކުފާނަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުން ނުކުޅެދިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު މިހާރުން މިހާރަށް ގެއަށް ބަދަލުކޮށްދިނުމަށް ގޮވާލައްވާކަމަށް ވެސް ވިދާޅުވެފައެވެ.
އެމަނިކުފާނަށް ފަރުވާ ކުރަމުންދާ ކަން ރައީސް މައުމޫނުގެ ރިފޯމް މޫމްމަންޓްގެ ބައެއް އޮފިޝަލުންވެސް ކަށަވަރުކޮށްދީފައިވާއިރު, އެބޭފުޅުންވެސް ވިދާޅުވީ އެމަނިކުފާނަށް ފަރުދެމުންދަނީ ކޮން ބަޔަކާގުޅިގެންކަމައެއް އައިލާއަށްވެސް އަންގާފައި ނުވާކަމަށެވެ.
ވަނުވާ އަށް މައުލޫމާތު ލިބޭ ގޮތުގައި އެމަނިކުފާނަށް ފަރުވާ ދިނުމަށް މާލެއިން ޑޮކްޓަރުން ވަނީ މާފުށްޓަށް ގެންގޮސްފައެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫނަށް ފަރުވާދިނުމަށް މާލެއިން މާފުއްޓަށް ޑޮކްޓަރުން ގެންދާކަމުގެ މައުލޫމާތު ލިބިފައިވާއިރު, މާފުށީގައި ތިބޭ ޑޮކްޓަރުން ލަފާދީފައިވަނީ ފަރުވާއަށް ރައީސް މައުމޫނު މާލެ ގެންދިމަށްކަމުގައެވެ. ނަމަވެސް އޭގެ ބަދަލުގައި މައުލޫމާތު ލިބެމުންދަނީ ރައީސް މައުމޫނު މާލެ ގެނައުމުގެ ބަދަލުގައި ޑޮކްޓަރުން މާފުއްޓަށް ގެންދާކަމުގައެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބަހެއް އަދި ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ