ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން ކުޅުދުއްފުށީ ކޯޓުން ފަށައިފި

ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން މެޖިސްޓްރޭޓް ކޯޓުތަކުން ފަށައިފި އެވެ.
ހުކުމާ އެއްގޮތަށް ދަރިންނަށް ހަރަދު ނުދޭ މީހުންނަކީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހެއްގެ ގޮތުގައި ކޯޓުތަކުން ބަލަ އެވެ. އަދި އެފަދަ މީހުންގެ ވަނަވަރު އިއުލާން ކުރަން އާއިލާއާ ބެހޭ ގަވާއިދުން ދަށުން ހުއްދަ ކުރާ ނަމަވެސް ފެމެލީ ކޯޓުން މިހާތަނަށް ވަނަވަރު އާންމެއް ނުކުރެ އެވެ.
ނަމަވެސް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓާއި ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ވަނީ ދަރިންނަށް ހަރަދު ނުދައްކާ މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ވެސް ވަނީ ދަރިންގެ ހަރަދު ނުދައްކާ މީހެއްގެ މައުލޫމާތު އާންމުކޮށް އިއުލާންކޮށްފަ އެވެ.
ދަރިންނަށް ހަރަދު ނަގައި ދިނުމުގެ ގަވާއިދުތައް މިހާރު އޮންނަ ގޮތުން މިހާރު ނަގައިދެނީ އެންމެ ކުއްޖެއް ހުރި ނަމަ މަހަކު 2،000ރ. އާއި އެއް ކުއްޖަކަށް ވުރެ ގިނަވެއްޖެ ނަމަ ކޮންމެ ކުއްޖަކަށް މަހަކު 1،000ރ. ގެ ރޭޓުންނެވެ.
ކޯޓުތަކުން ހުކުމް ކުރުމުން ވެސް ދަރިންގެ ހަރަދު ނުދައްކާ މައްސަލަތައް ވަރަށް ބޮޑެވެ
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ