މަސްތުވެގެން މަގުމައްޗަށް ވެއްޓިފައި ތިބޭ މީހުން ފެންނަ މިންވަރު މިހާރު މަދުވާނެ ކަމަށް، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން ރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ މި ސަރުކާރާ ހަވާލުވިއިރު ފަރުވާ ނުފެށި 700 މީހުން ތިބި ކަމަށާއި މިދިޔަ އެއް އަހަރުތެރޭ ކުރެވުނު މަސައްކަތުން އޭގެ ތެރެއިން 85 ޕަސެންޓް މީހުންނަށް ފަރުވާ ފެށި އަދި ބޮޑު ބަޔަކަށް ފަރުވާދީ ނިންމާފައިވާ ކަމަށެވެ.
އަދި މާލޭގެ މަގުމަތީގައި ސަލާންޖެހުމާއި ޑްރަގް ބޭނުންކޮށްގެން މީހުން މަގުމައްޗަށް ވެއްޓިފައި ތިބޭ މަންޒަރު މިހާރު މަދުވާނެ ކަމަށާއި އެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ރިމާންޑް ސެންޓަރުން ކަމަށް އިހުސާން ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ އޭގެ ތެރެއިން އެއް މިސާލެއް ދަންނަވާލާނަން. އާންމު ގޮތެއްގައި މަޖީދީމަގުގަ ހުންނަ އޭޓީއެމް މެޝިން ހުންނަ ސަރަހައްދުން ފެންނަ ފަރާތް މިހާރު ޑްރަގުގެ ވަބާއިން ދުރުވެ އެ ފަރާތް މިހާރު ރާއްޖޭގައި މަރުކަޒީ ގޮތެއްގައި ހިންގާ އިލެކްޓްރިކަލް އިންޖިނިއަރިން ކޯހެއްގައި ދަނީ ކިޔަވަމުން. އަދި އޭނާއަކީ އާދަޔާ ޚިލާފަށް ކުރެހުމުގެ ހުނަރު ލިބިފައިވާ ފަރާތެއް. އަޅުގަނޑުމެން އެ ވަސީލަތްތައް ހޯދައިދީ މިހާރު އެ އާޓު ތަންތަނުގައި ޑިސްޕްލޭ ކުރެވި ވިއްކޭނޭ މަގުވެސް ވަނީ ހޯދައިދީފައި،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވަނީ މި ސަރުކާރަކީ އޯގާތެރިކަމާއެކުގަ މަގުމަތިވެފައި ތިބި ޒުވާނުންނާއި މުޖުތަމަޢުގެ ތެރޭގައި އަޅާނުލެވި ހަވާސާވެފައި ތިބި ޒުވާނުންނަށް އަޅާލާ ސަރުކާރެއް ކަމަށްވެސް ވިދާޅުވެފަ އެވެ.
މަސްތުވެގެން ވެއްޓިފައި ތިބޭ މީހުން ފެންނަ މިންވަރު މަދުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ