ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން ޔުނިސެފް އަދި ޑަބްލިއުއެޗްއޯއާ ގުޅިގެން މާދަމާ ހެލްތު ފެއާއެއް ބާއްވަން ނިންމައިފި އެވެ
ވީ ކިހިނެއް؟ - އެމްއެންޔޫން ބުނީ 'ފަހި ސިއްހަތު' އޮންނާނީ އާޓިފިޝަލް ބީޗުގައި ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން:
ހަވީރު 4 އިން 6އަށް
ރޭގަނޑު 8 އިން 10އަށް
ތަފްސީލް - މި ފެއާގައި ބައިވެރިވަނީ:
ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ހުރިހާ ޑިފާޓްމަންޓްތައް (ޑިފާޓްމަންޓް އޮފް ޕަބްލިކް ހެލްތު، ޑިފާޓްމަންޓް އޮފް ރިހެބިލިޓޭޝަން، ޑިފާޓްމަންޓް އޮފް މެޑިކަލް ސައިންސަސް އަދި ޑިފާޓްމަންޓް އޮފް ބިހޭވިއަރަލް ސައިންސަސް)
ސްކޫލް އޮފް މެޑިސިން
ސްކޫލް އޮފް ނާސިން
ދަމަނަވެށި
ކެއާ ސޮސައިޓީ
ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް
ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ
ހުޅުމާލެ ހޮސްޕިޓަލް
ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން
ސުވިމް މޯލްޑިވްސް
ޑަބްލިއުއެޗްއޯ
ޔުނިސެފް
މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރަކީ "ދުޅަހެޔޮ ފެށުމެއް، އުއްމީދީ މުސްތަގުބަލެ"ކެވެ.
މި ޝިއާރުން އަލިއަޅުވާލަނީ މައިންނާއި އަލަށް އުފަންވާ ކުދިންގެ ސިއްހަތުގެ މުހިންމު ކަމަށެވެ. އެއީ ދުޅަހެޔޮ މުޖުތަމައުތަކަކާއި އުޖާލާ މާދަމާއަކަށް މަގުފަހިކޮށްދޭ ބިންގަލެވެ.
އެމްއެންޔޫން މާދަމާ ހެލްތު ފެއާއެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ