ގދ. ނަޑެއްލާއިން ގެއްލުނު މީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިއްޔެ މެންދުރުން ފެށިގެން އެ ރަށުން ގެއްލިގެން ހޯދަމުން ދިޔައީ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) އެވެ. އޭނާ އެ ރަށަށް ފޭބީ އިއްޔެ މެންދުރު ފަހު އެވެ. ނަމަވެސް ފަހުން ހަބަރެއް ނުވެ އެވެ.
ފުލުހުން ބުނީ އާދަމްގެ ހަބަރެއް ނުވެގެން ރިޕޯޓް ކުރުމުން އޭނާ ހޯދުމަށް ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އޭނާ ފެނިފައިވަނީ މިއަދު 4:45 އެހާކަންހާއިރު ކަމަށްވެސް ބުންޏެވެ.
Advertisement
އޭރު އޭނާ ހުރީ ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށެއްގަ އެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.
ދޯނީގެ މީހުންނަށް ހަބަރެއް ނުވެ އެހާ ގިނަ ވަގުތުވީ ސަބަބާއި އެ މީހުންނަށް ނާންގާ ފަޅު ރަށަކަށް ދިޔަ ސަބަބެއް ސާފެއް ނުވެ އެވެ.
ނަޑެއްލާއިން ގެއްލުނު މީހާ ފެނިއްޖެ، ހުރީ ކައިރި އޮތް ފަޅު ރަށެއްގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ