ދެ ކިލޯގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު މާލެއިން ބަޔަކު ހައްޔަރުކޮށްފި ދެ ކިލޯގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު މާލެއިން ބަޔަކު ހައްޔަރުކޮށްފި

ދެ ކިލޯގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު މާލެ ސަރަހައްދުން ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ހިދުމަތުގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހައްޔަރުކުރީ ހަ މީހެއް ކަމަށެވެ. މި މަހުގެ 13 އަދި 14 ގައި ހިންގި މި އޮޕަރޭޝަނުގައި މާލެ އަދި ހުޅުމާލޭގެ ހަތް ތަނެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއި ފައިސާ އަދި އިލެކްޓްރޯނިކް ސާމާނު އަތުލައިގަނެފައިވެ އެވެ.
މި ތަންތަނުގެ އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 1943.76 ގުރާމެވެ. އޭގެތެރޭގައި ރޮއިންއާއި މެތަމްފެޓަމިން އަދި ކެނަބިސް ހިމެނެ އެވެ. އަދި، ވޭޕް ކާޓްރިޖާއި މޫންޝައިން ކެނަބިސް ބުއިންތަކާއި ފްލޭވާޑް ތެޔޮ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެއިތުރުން، 90،000 އަށް ވުރެ ގިނަ ރުފިޔާ އާއި 3،605 ޑޮލަރުގެ އިތުރުން ހަ ފޯނާއި ދެ ލެޕްޓޮޕް ފުލުހުން އަތުލައިގެންފައިވެ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ހަ މީހުންނަކީ:
މީގެތެރެއިން، ޖައިލަމްގެ ބަންދަށް ކޯޓުން ޖަހައިދިނީ ފަސް ދުވަހެވެ. ދެން ތިބި މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ