ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ޣައްސާނާއި ޝިޔާމް ހަމަޖައްސައިފި
ވެރިކަން ކުރާ ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިރޭ ހަމަޖައްސައިފިއެވެ. ޕީއެންސީގެ ސެނެޓު ބައްދަލުވުމެއް މިރޭ ވަނީ އެ ޕާޓީގެ ރަސްމީ އޮފީހުގައި ކުރިއަށް ގެންގޮސްފައެވެ. އެ ސެނެޓު ބައްދަލުވުމުގެ ތެރެއިން ޕާޓީގެ އެކި ކަންކަމާ މަޝްވަރާކުރެވުނުއިރު، މިރޭ ވަނީ ޣައްސާނާއި، ޝިޔާމް އެ ޕާޓީގެ ނައިބު ރައީސުންގެ މަގާމަށް ހަމަޖައްސައިފައެވެ. ޣައްސާނާއި، ޝިޔާމަކީ މިހާރު އުވާލައިފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައި، އެ ޕާޓީ އުވައިލުމާ ހަމައަށް ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންނެވެ. މި ދެ ބޭފުޅުންނާއެކު މިހާރު ޖުމްލަ އަށް ބޭފުޅުން ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމުގައި ތިއްބަވާނެއެވެ. މީގެ ކުރިން ތިއްބެވި ހަ ބޭފުޅުންނަކީ: ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓަރު މުޙައްމަދު ސައީދު އެލްޖީއޭގެ ސީއީއޯ ނިމާލް ޔޫއޭއީއަށް ކަނޑައަޅުއްވައިފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެންމެ ފަހުން ޕީއެންސީގެ ސެނެޓު ބައްދަލުވުމެއް ބާއްވައިފައިވަނީ މިދިޔަ ޑިސެމްބަރުގެ ތެރޭ ޕީޕިއެމް އުވައިލުމުގެ މަޝްވަރާތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ