ދެމަސް ފަހުން "އޮޅުހިޔާ"އާ އެނިމަލް ވެލްފެއާ މިނިސްޓްރީން ހަވާލުވެއްޖެ
މާލޭގައި އުޅޭ ބުޅާތައް ގެންދިއުމަށް ހަދާފައިވާ ކެޓް ޝެލްޓަރު، "އޮޅުހިޔާ" ފެސިލިޓީގެ ހުރިހައި ލިޔެކިޔުންތަކާއި ލީގަލް އެސެޓް ޓްރާންސްފާގެ މަސައްކަތް ނިންމުމަށްފަހު އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ރަސްމީކޮށް އެ ތަނާ މިއަދު ހަވާލުވެއްޖެއެވެ. މާލޭގައި ބުޅާ ގިނަވެ، ބުޅަލުގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން އެ ތަކެތި ފެސިލިޓީއަކަށް ގެންދިއުމަށް ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮތް ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީއެއް ސިޓީ ކައުންސިލުން ވަނީ ގާއިމްކޮށްފައެވެ. މި ފެސިލިޓީ ހުޅުވީ މިދިޔަ ނޮވެންބަރު މަހުގެ ދެވަނަ ދުވަހެވެ. ބުޅާތައް ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށަން ތައްޔާރުވެފައި ވަނިކޮށް، އެގްރިކަލްޗާ މިނިސްޓްރީން ވަނީ އެ ފެސިލީޓީ ސަރުކާރާ ހަވާލުކުރުމަށް އެދިފައެވެ. އެއީ އެ މިނިސްޓްރީން ފުރިހަމަ ކުރަން ބުނި ބައެއް މަސައްކަތްތައް ކައުންސިލުން ކޮށްފައި ނުވާތީ ކަމަށް ބުނެއެވެ. https://sun.mv/200579 އެއާއެކު މިދިޔަ ޑިސެންބަރު ހަތަރެއްގައި ސިޓީ ކައުންސިލުން ނިންމީ، ފެސިލިޓީ އެޅުމަށް ކުރި ޚަރަދު ހޯދާގޮތަށް އެގްރިކަލްޗާ މިނިސްޓްރީއާ އެ ތަން ހަވާލުކުރާށެވެ. އެހެން ނަމަވެސް އޭގެ ފަހުން އެގްރިކަލްޗާ މިނިސްޓްރީން އޮޅުހިޔާއާ ހަވާލުނުވެ ގިނަ ދުވަސްވާތީ ސިޓީ ކައުންސިލުން އައީ އެ ކަމުގެ ކަންބޮޑުން ފާޅު ކުރަމުންނެވެ. https://x.com/MAAWmv/status/1894747061901492472 މިނިސްޓްރީން އެ ފެސިލިޓީއާ ހަވާލުވެފައި މި ވަނީ އެތަން މިނިސްޓްރީއަށް ދޭން ސިޓީ ކައުންސިލުން އެއްބަސްވިތާ ދެ މަސްދުވަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ. މާލޭގެ އެކި ސަރައްހައްދުތަކުގައި ބުޅާ ގިނަވެފައިވާއިރު އޭގެ ސަބަބުން މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ދައްޗާ ކުރިމަތިވެއެވެ. އެ ގޮތުން ފަރުކޮޅުފުށީގައި ކެޓް ޝެލްޓާ ގާއިމުކޮށްފައި އެ ވަނީ އެޗްޑީސީއިން ކައުންސިލަށް ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ