އުރީދޫއާ އެކު ކަރާ ފަޅައިގެން ރޯދަ މަހު އެޕަލްގެ އަގުހުރި 10 އުފެއްދުމެއް ހޯދުމުގެ ފުރުސަތު އުރީދޫއާ އެކު ކަރާ ފަޅައިގެން ރޯދަ މަހު އެޕަލްގެ އަގުހުރި 10 އުފެއްދުމެއް ހޯދުމުގެ ފުރުސަތު

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށް އުރީދޫ މޯލްޑިވްސްގެ ސުޕަ އެޕް މެދުވެރިކޮށް އުރީދޫ "ކަރާ ފެޅުން" އިން އެޕަލް ބްރޭންޑުގެ 10 އުފެއްދުމެއް އެއްފަހަރާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޕްރޮމޯޝަންގެ ދަށުން ގްރޭންޑް ޕްރައިޒަކަށް ލިބޭ އެޕަލްގެ 10 އުފެއްދުމުގެ ތެރޭގައި އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް، އެއާޕޮޑްސް މެކްސް -65 ޓީވީ ހިމެނެ އެވެ.
އުރީދޫ އެޕް މެދުވެރިކޮށް ކަރާ ފަޅާލުމަށް އެޕްގައި އެކްޓިވް އެންމެންނަށް ފުރުސަތު ލިބޭއިރު، ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އެޑް އޮންސް، އެއާފްރަޔާ، ވެކިއުމް ކްލީނާ، ނިންޓެންޑޯ ސްވިޗް އަދި އެޕަލް ވޮޗް ފަދަ ހަދިޔާތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ރޯދަމަހުވެސް ގިނަ އިނާމު ތަކާ އޮފާތަކާއެކު ގާތް ނުވަތަ ދުރުގައި ވިޔަސް ގާތް ތިމާގެ މީހުންނާ ރައްޓެހިންނާއި ގުޅުން ބަހައްޓަން ފަރުމާކޮށްފައިވާ ކަސްޓަމަރުންނަށް ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އުރީދޫ އިން ބުންޏެވެ.
އުރީދޫ އިން ބުނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މުޖުތަމައަށް މާނަހުރި ގުޅުމާއި ތަޖުރިބާތައް އުފެއްދުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ