ޗާގޯސް، މޮރިޝަސް އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވެއްޖެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމާ އޮންލައިންކޮށް ބާއްވާ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިއަދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ.
ޗާގޯސްގެ ޖަޒީރާ ރަށްތައް އަނބުރާ މޮރިޝަސް އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފި އެވެ.
އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސް އާ ވަކިކޮށް، ގާއިމުކުރި އަސްކަރީ މަރުކަޒު އެމެރިކާއަށް ކުއްޔަށް ދޭން ނިންމީ 1965 ވަނަ އަހަރެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމާ އޮންލައިންކޮށް ބާއްވާ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިއަދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ.
މި އެއްބަސްވުމުގެ ސީދާ ތަފްސީލެއް ރަސްމީކޮށް އަދި ހާމަކޮށްފައިނުވިޔަސް، މޮރިޝަސްއަށް ޗާގޯސް ރަށްތައް އަނބުރާ ދިނަސް، އެ ޖަޒީރާގެ އެންމެ ބޮޑު ރަށްކަމަށްވާ ޑިއޭގޯ ގާސިއާ ނޫނީ ފޯޅަވަހީގައި ހިންގާ އެމެރިކާގެ އަސްކަރީ މަރުކަޒު އެ ރަށުގައި ބާއްވަން ވަނީ ހިމަނައިފަ އެވެ.އެކަން ކުރުމަށްޓަކައި، ފޯޅަވަހި މޮރިޝަސްއިން އަނބުރާ އިނގިރޭސީންނަށް 99 އަހަރަށް ކުއްޔަށް ދޭނެ ކަމަށްވެ އެވެ. އަދި އެ އެއްބަސްވުން އިތުރު 40 އަހަރަށް އިތުރު ކުރެވޭނެ މާއްދާއެއް ހިމެނޭކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުންޏެވެ.
މޮރިޝަސްގެ ސަރުކާރު ބަދަލުވި ފަހުން، އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ދިގުލައިގެންދިޔައީ، އެކަމަށް ޔޫކޭއިން ހުށަހަޅާފައިއޮތް މާލީ ބަދަލާ މެދު އާ ސަރުކާރުން ހިތްހަމަނުޖެހުމުންނެވެ.ނަމަވެސް، އެ ހިތްހަމަނުޖެހުންތައް މިހާރު ހައްލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުންޏަސް، ޔޫކޭއިން މޮރިޝަސްއަށް ދޭ މާލީ ބަދަލުގެ އަދަދެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.ނަމަވެސް، އެ އަދަދު އެތައް ބިލިއަން ޕައުންޑަށް އަރާނެ ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ލަފާކޮށްފަ އެވެ.
މި އެއްބަސްވުމުގައި އެމެރިކާގެ މަސްލަހަތު ވެސް ހިމެނޭއިރު، ޔޫކޭއިން ވަނީ މި އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުން ވެސް ހޯދައިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ