ރާއްޖޭގެ އުތުރަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ ހެނދުނު 9:30 އާއި ހަމައަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ އިތުރުން ގިނަ ރަށްތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގައި އެމްއެންޑީއެފުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މޫސުން ގޯސްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފަ އެވެ.
އުތުރަށް މޫސުން ގޯސްވެ ޔެލޯ އެލާޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ