ގޫގުލް އޭއައި އެޖް ގެލަރީ: ނެޓް ނެތަސް އޭއައި މޮޑެލްތައް ބޭނުންކުރެވޭ އެޕެއް
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތައް ރަން ކުރުމުގެ ގާބިލްކަން ލިބިދޭ އެޕެއެއް "ގޫގުލް އޭއައި އެޖް ގެލަރީ" ނަމުގައި ގޫގުލްއިން ޓެސްޓްކުރަމުން އެބަދެއެވެ. ގޫގުލްއިން އާދިއްތަ ދުވަހު ނެރުނު، މި އެޕްލިކޭޝަނަކީ އިންޓަނެޓް ކަނެކްޝަނެއް ނެތި، ވެސް އޭއައި މޮޑެލްތައް ރަން ކުރުމުގެ ތަޖުރިބާ ލިބިދޭ އެޕެކެވެ. ގޫގުލް އިން ބުނެފައިވާ ގޮތުގައި، މި އެޕްލިކޭޝަނުން ބޮޑެތި ލޭންގުއޭޖް މޮޑެލްތައް ހޯދައި، ޑައުންލޯޑްކޮށް އަދި ޑިވައިސްގައި ރަން ކުރެވޭނެއެވެ. މިވަގުތު، މި އެޕްލިކޭޝަން މެދުވެރިކޮށް ލިބެން ހުރި ޚިދުމަތްތަކުގެ ތެރޭގައި ޗެޓިން، އިމޭޖް އެނަލިސިސް، ޓެކްސްޓް އަދި ކޯޑިންގ އާ ގުޅޭ މަދު މަސައްކަތްތަކެއް ހިމެނެއެވެ. އެކުންފުނިން ބުނެފައިވާ ގޮތުގައި، މި އެޕްގެ އައިއޯއެސް ވަރޝަނެއްވެސް އަވަހަށް ނެރޭނެއެވެ. މި އެޕްލިކޭޝަން މިވަގުތު މައިކްރޯސޮފްޓްގެ ގިޓްހަބް ލިސްޓިންގައި ތަޖުރިބާކުރުމުގެ ގޮތުން އަލްފާ ރިލީސް އެއްގެ ގޮތުގައި ލިބެން ހުންނާނެއެވެ. މިއެޕް އެންޑްރޮއިޑް އެޕްލިކޭޝަން ޕެކޭޖް (އޭޕީކޭ) ފައިލެއްގެ ގޮތުގައި ޑައުންލޯޑް ކުރުމަށް ފޯރުކޮށްދީފައިވާއިރު، އެންޑްރޮއިޑް ޑިވައިސްއެއްގައި އިންސްޓޯލް ކުރުމަށް ތަފްސީލީ ގައިޑެއްވެސް ދީފައިވެއެވެ. މިހާރު މި އެޕްލިކޭޝަން އެއްވެސް ދަތިކަމެއް ނެތި ޑައުންލޯޑްކޮށް އިންސްޓޯލް ކުރެވޭނެއެވެ. އޭޕީކޭ ފައިލްތައް އިންސްޓޯލް ކުރުމަށް އަލަށް ފަށާ ފަރާތްތަކަށް، ގޫގުލްއިން ތަފްސީލީ ގައިޑެއް ފޯރުކޮށްދީފައިވެއެވެ. ނަމަވެސް، އޭޕީކޭ ފައިލްތައް ޑައުންލޯޑްކޮށް އިންސްޓޯލް ކުރުމަކީ އަބަދުވެސް ރިސްކެއް އޮތް ކަމެކެވެ. އެއީ މި އެޕްތައް ޓްރަސްޓެޑް އެޕް މާކެޓްޕްލޭސްއަކުން ވެރިފައި ކުރެވިފައި ނުވާތީ، މެލްވެއާ ހިމެނިފައި ހުރުމުގެ ފުރުސަތު އޮތުމެވެ. ނަމަވެސް، މި އެޕްލިކޭޝަންގައި އެއްވެސް މެލްވެއާ ނުވަތަ ވައިރަސްއެއް ހުރިކަމަކަށް ޓެސްޓްކުރި އެއްވެސް ފަރާތަކުން ބުނެފައެއް ނުވެއެވެ. މައިގަނޑު ފީޗާތައް މި އެޕްލިކޭޝަން މެދުވެރިކޮށް ޔޫޒަރުންނަށް އެކްސްޕްލޯ ކުރެވޭނެ މައިގަނޑު ތިން ފީޗާ ހުރެއެވެ. 1. އާސްކް އިމޭޖް: މިއީ އިމޭޖް އެނަލިސިސް ފީޗާއެކެވެ. މޮޑެލްއެއް ޑައުންލޯޑްކޮށް ރަން ކުރުމަށްފަހު، ޔޫޒަރުންނަށް އިމޭޖެއް އަޕްލޯޑްކޮށް އޭއައިއަށް އެ އިމޭޖާ ބެހޭގޮތުން ސުވާލު ކުރެވޭނެއެވެ. 2. އޭއައި ޗެޓް: މި ފީޗާއިން ޔޫޒަރުންނަށް މޮޑެލްއާއެކު ވާހަކަދެއްކުމުގެ ފުރުސަތު ލިބިދެއެވެ. އެޕްލިކޭޝަނުން ހަމައެކަނި ލޯކަލް މޮޑެލްތައް ސަޕޯޓް ކުރާތީ، މި މޮޑެލްތަކުގައި އަޕްޓުޑޭޓް މައުލޫމާތު ނުހުރެދާނެއެވެ. 3. ޕްރޮމްޕްޓް ލެބް: މިއީ އެކި އޭއައި-ޕަވާޑް ފީޗާތައް ހިމެނޭ ސްޕޭސްއެކެވެ. މީގެ ތެރޭގައި ޓޯން-ބޭސްޑް ރީރައިޓިން، ޓެކްސްޓް ސަމަރައިޒިން، ފްރީ-ފޯމް ޖެނެރޭޝަން، އަދި ކޯޑް ސްނިޕެޓް ޖެނެރޭޝަން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ