ސައުދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި އަޅާ 400 ހައުސިން ޔުނިޓުގެ މަޝްރޫއު އިފްތިތާހުކޮށްފި

ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ އެހީގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ 400 ހައުސިން ޔުނިޓުގެ މަޝްރޫއު އިފްތިތާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - މަޝްރޫއު ކުރިއަށް ގެންދާ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއު އިފްތިތާހުކޮށްދެއްވީ:
ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރު
ތިން ދުވަހުގެ ދަތުރެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވި ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހުމާން އަލް މަރުޝަދު
ތަފްސީލް - ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސަބަބުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިވާނެ ކަމަށެވެ.
މި
މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 400 ސޯޝަލް ހައުސިން ޔުނިޓު އިމާރާތް
ކުރާނެ އެވެ. ނަމަވެސް، މި މަޝްރޫއަށް ހަރަދުވާ ފައިސާގެ މިންވަރެއް އަދި ސާފެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ - މިއަދު ވަަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މަޝްރޫއަށް ސައުދީ ފަންޑުން ދޭ އިތުރު 17 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.
ސައުދީ ފަންޑުން 1978 އިން ފެށިގެން މިހާތަނަށް ރާއްޖެއަށް ދިން ޖުމްލަ އެހީ 488 މިލިއަން ޑޮލަރަށް އަރަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ