އެމްއައިބީން ކޭޝް ކާޑުގެ ބަދަލުގައި ބޭނުންކުރެވޭ ފައިސާވެއާ ޓެގެއް ތައާރަފުކޮށްފި އެމްއައިބީން ކޭޝް ކާޑުގެ ބަދަލުގައި ބޭނުންކުރެވޭ ފައިސާވެއާ ޓެގެއް ތައާރަފުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކޭޝް ކާޑުގެ ބަދަލުގައި ބޭނުން ކުރެވޭ ފައިސާވެއާ ޓެގެއް މިއަދު ތައާރަފްކޮއްފި އެވެ.
އެ ޓެގަކީ ފޯނުގައި ނުވަތަ ކީ ޗެއިންގެ އިތުރުން ބޭނުން އެއްޗެއްގައި ތަތްކޮށްލެވެ އެވެ. އެ ޓެގް ޕޮސް މެޝިންއެއްގައި ޖައްސާލުމުން ފަސޭހަކަމާއި އެކު މުދަލާއި ހިދުމަތަށް ފައިސާ ދައްކާލެވެ އެވެ.
ޒަމާނީ އެކި ހިދުމަތްތައް ރާއްޖެއަށް ތައާރަފް ކުރަމުންދާ އެމްއައިބީއިން ވަނީ 2024 ވަނަ އަހަރު ކޭޝް ކާޑުގެ ބަދަލުގައި ބޭނުން ކުރެވޭ އަނގޮޓިއެއް ވެސް ތައާރަފްކޮއްފަ އެވެ.
އެމްއައިބީން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އާ ޑިޒައިން ތަކެއްގެ އަނގޮއްޓި މާކެޓަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާރު ވެސް އެކި ޑިޒައިންތަކުގައި ލިބެން ހުންނަ އެ އަނގޮއްޓިއަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
ޓެކްނޮލޮޖީގެ ގޮތުން ބޮޑު ކުރިއެރުންތައް ހޯދަމުން އަންނަ އެމްއައިބީން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމުގެ ހިދުމަތްދީ، އެ ބޭންކުން ދޭ ހިދުމަތްތައް އަންނަނީ ފުޅާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ