މަދަނީ އަބްދުﷲ މެލޭޝިއާގައި ހިފަހައްޓައިފި

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތެރިޔާ އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ހިފަހައްޓައި އޭނާ ޑިޕޯޓުކޮށްލުމުގެ މަސައްކަތް މެލޭޝިއާއިން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މެލޭޝިއާ އެއާޕޯޓުން އޭނާ ހިފެހެއްޓީ އޭނާގެ ނަމުގައި "އެންޓީއެލް" (ނޮޓް ޓު ލޭންޑް) އެއް އޮތުމުންނެވެ. ނަމަވެސް އެންޓީއެލް އޮތީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.
އޭނާ ހިފެހެއްޓީ ޓެރަރިޒަމްގެ ތުހުމަތަކާ ގުޅިގެން ކަމަށް މީޑިއާގައި ވާހަކަ ދެއްކެވުނަސް އެ ފަދަ ތުހުމަތެއް އޭނާގެ މައްޗަށް ނުކުރެވޭ ކަން އެނގިފައިވާއިރު އެންމެ އަވަހަށް ހަމަޖެހޭ ފްލައިޓަކުން ރާއްޖެއަށް ފޮނުވާލުމުގެ މަސައްކަތް އެ ގައުމުން ކުރަމުން އަންނަކަމަށް މައުލޫމާތުލިބެއެވެ.
މިކަމާގުޅިގެން ދިވެހި ހާރިޖިއްޔާއިން ބުނީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން އެ ކަމުގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަބްދުﷲއަކީ މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކޭ ގޮތަށް ރައީސް ނަޝީދުގެ ސަރުކާރުގައި އާންމު ކުރި ގަވާއިދަކާ ގުޅިގެން 100އަށްވުރެ ގިނަ މަދަނީ ޖަމިއްޔާތައް އިންތިހާދުވި ޖަމާއަތް "މަދަނީ އިއްތިހާދު" ތަމްސީލުކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ