ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މިޑިއާ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ލަންކާގެ ހާރިޖީ ވުޒާރާއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން މިއަދު ބުނެފައިވާ ގޮތުން، އަނޫރާ ރާއްޖެ ވަޑައިގަންނަވަނީ ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް ކަމަށެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރީ 29 ޖުލައި 1965ގަ އެވެ.
ތަފްސީލް - މިއީ އަނޫރާ ލަންކާގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި:
ރާއްޖެ އާއި ލަންކާއާ ދެމެދު އިގްތިސޯދީ ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާ ކުރައްވާނެ
ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ
ހާރިޖީ ގުޅުން އަދި ސަރަހައްދީ ގުޅުން ބަދަހި ކުރުމާ ގުޅޭ މަޝްވަރާތައް ވެސް ބާއްވަވާނެ
ލަންކާގެ ރައީސްގެ ދަތުރުފުޅާ ދިމާކޮށް ރާއްޖެ-ލަންކާ ފްރީ އިކޮނޮމިކް އަދި ފްރީ މޫމަންޓް ޒޯން ގާއިމް ކުރުމާ ގުޅޭ މަޝްވަރާތައް ފަށާފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.
މި އެއްބަސްވުން ގާއިމްކުރެވިއްޖެ ނަމަ، ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވިސާއަކާ ނުލާ އަނެއް ގައުމުގައި ވަޒީފާ އަދާކޮށް، ވިޔަފާރި ކުރުމާއި ގެދޮރު ގަތުން އަދި ކިޔެވުމަށް ތިބުމުގެ ފުރުސަތު ލިބޭނެ އެވެ.
ގުޅުން ހުރި - ލަންކާގެ ރައީސް އަންނަ މަހުގެ ފަހުކޮޅު ރާއްޖެ ވަޑައިގަންނަވާއިރު، ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ އެ މަހުގެ 26 ވަނަ ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.
އެއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ މުނާސަބަތެވެ.
މިއީ މި ސަރުކާރުގައި މޯދީ ރާއްޖެ ވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.
މޯދީއަށް ފަހު ލަންކާގެ ރައީސް ވެސް ރާއްޖެ ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ