ހޯރަފުށިން ނުރުހުން؛ ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ އަދަދު 15 އަށް
ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ވަކިކުރި މީހުންގެ އަދަދު 15 އަށް އަރައިފި އެވެ.ބޮޓްލިންގ ޕްލާންޓުން ފުރަތަމަ 7 މުވައްޒަފުން ވަކި ކުރީ ޖޫން މަހުގެ 11 ވަަނަ ދުވަހުއެވެ. ބުދަ ދުވަހު ވަކި ކުރީ އަށް މުވައްޒަފުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލި މުވައްޒަފުންނަކީ:1. އައިޝަތު ސައުދާ، ރަތަން / ހއ. ހޯރަފުށި2. މުހައްމަދު ޝާހީން ،ޑޭޒީމާގެ / ވ. ގެޔޮދޫ3. އާމިނަތު ހަނާ، ވިލުދޯޅި / ހއ. ހޯރަފުށި4. އަހްމަދު ޚަލީލް، ރުބީ / ހއ. ހޯރަފުށި5. ފާތިމަތު ތަސްލީމާ، ހެޕީނައިޓް / ހއ. ހޯރަފުށި6. ޔުމްނާ އިބްރާހީމް، ހަތިހާ / ހއ. ހޯރަފުށި7. އާމިނަތު އަބްދުއް ސައްތާރު، ސާޔާ / ހއ. ހޯރަފުށި8. ހުސައިން މުހައްމަދު، ސަބްނަމްގެ / ހދ ހަނިމާދޫ9. ޝިފްލާ ހުސައިން، ގްރީންހެވަން / ހއ. ހޯރަފުށި10. މަރިޔަމް އަބްދުލް މުހުސިން، އައިވަންހައުސް / ހއ. ހޯރަފުށި11. މަރިޔަމް މާޔާ، ސާޔާ / ހއ. ހޯރަފުށި12. ޝިފްލާ އަހްމަދު، ޝިރޯ / ހއ. ހޯރަފުށި13. ހަމީދާ މުހައްމަދު، ގްރީންގްރާސް / ހއ. ހޯރަފުށި14. ހައްވާ ނާޝިދާ، ހިކިފިނިފެންމާގެ / ހއ. ހޯރަފުށި15. އަބްދުއް ރަޝީދު އުސްމާން، ފޯޅަވަހި / ހއ. ހޯރަފުށިހޯރަފުށީ ޕްލާންޓުން ގިނަ ބަޔަކު ވަޒީފާ އިން ވަކި ކުރުމާއި ގުޅިގެން ހޯރަފުށީ ކައުންސިލްގެ ނައިބު އަހުމަދު އިމްދާހު ވިދާޅުވީ ހޯރަފުށީ ދާއިރާގެ އެމްޕީ އަލީ މޫސަގެ އުންމީދީ ބަދަލުތަކުން ރައްޔިތުންނަށް ލިބެމުން އަންނަ ސަޕްރައިޒްތައް މިއީ ކަމަށެވެ. ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީވެ އެކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ހޯރަފުށީގައި މިފަހުން ވަނީ މުޒާހަރާކޮށް އެ ދާއިރާގެ މެންބަރު އަލީ މޫސާގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ.ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމަކީ މި ސަރުކާރުން ހޯރަފުށީގެ އާއިލާ ތަކަށް ދިން ނިކަމެތި ކަމެއް ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ އެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރުމުން އިދިކޮޅު އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިނުލުމަށާއި ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ވަޒީފާތައް އިއާދަކޮށްދިނުމަށް އެމްޑީޕީގެ ބަޔާނުގައި ގޮވާލައިފައިވެ އެވެ."ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ އެއްވެސް މުވައްޒަފަކު ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ ނުވަތަ ތާއީދުކުރާތީ ނުވަތަ ހަރަކާތެއްގައި ބައިވެރިވާތީ ވަޒީފާގެ ބިރުވެރިކަން ނޯންނާނެކަމަށް ރައީސް ޑރ. މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވަނީ ވައުދެވެވަޑައިގެންފަ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ. ހޯރަފުށީގައި ގާއިމުކުރާ ބޮޓްލިން ޕްލާންޓަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓު ކޮމިއުނިޓީ ޑިވެލޮޕްމެންޓު ޕްރޮޖެކްޓުގެ ދަށުން ހޯރަފުށި ކައުންސިލުން ހުށަހެޅި ޕްރޮޕޯޒަލާ އެއްގޮތަށް އެރަށުގައި ގާއިމުކުރާ ފެން ބަންދުކުރާ ޕްލާންޓެކެވެ.އެ ޕްލާންޓު ހިންގުމަށް އެއްބަސްވެފައި އޮތީ ފެނަކަ އާއި ހޯރަފުށި ކައުންސިލް ގުޅިގެންނެވެ. ބޮޓްލިން ޕްލާންޓުގައި ހޯރަފުށި ކައުންސިލްގެ 40 ޕަސެންޓު ހިއްސާ އޮވެ އެވެ. ބާކީ ހިއްސާ އޮންނަނީ ފެނަކަ ކޯޕަރޭޝަންގެ އެވެ.ބްޓޮލިން ޕްލާންޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް އެތަނުގެ މަސައްކަތް އެއްކޮށް ހުއްޓާލައި އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމި މައްސަލައިގައި ޝަރީއަތަށް ދާން ނިންމާފައިވާ ކަމަށް ހޯރަފުށި ކައުންސިލުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ