ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އައްޑޫގައި ބޮޑު އޮޕަރޭޝަނެއް

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން އައްޑޫގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް 'އޮޕަރޭޝަން ހަމަ މަގު'ގެ ނަމުގައި އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.އިމިގްރޭޝަނުން ބުނީ، މިއީ އައްޑޫ ސިޓީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނީ މަގަށް އެޅުވުމަށް ކުރާ ޚާއްސަ މަސައްކަތެއް ކަމަށެވެ.އިމިގްރޭޝަންގެ ޓާސްކް ފޯސްއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މި ރެއިޑު އޮޕަރޭޝަންގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންއާއި އައްޑޫ އިމިގްރޭޝަން އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 އޮފިސަރުން ބައިވެރިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.އަދި، އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް މި އޮޕަރޭޝަންގައި ބައިވެރިވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގައި ހިމެނޭ ރެއިޑެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ވަނީ ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 6،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ފޮނުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ