ކުކުޅު ފިހާރައިން ހިލޭ ސްލައިސް ޗީފް ކޭހެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި

ރާއްޖެއަށް ގިނަ އަދަދެއްގެ ފިނިކުރި ކާބޯތަކެތި ގެންނަ ކުކުޅު ފިހާރައިން ހިލޭ ސްލައިސް ޗީފް ކޭސް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.ގިނަބައެއްގެ މެދުގައި މަގުބޫލު ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، ކަސްޓަމަރުން ގަންނަ ކޮންމެ ހިލޭ ސްލައިސް ޗީޒް 10 ކޭސްއަކަށް، ހިލޭ އެއް ކޭސް ލިބޭނެ ކަމަށެވެ. ކުކުޅު ފިހާރަ އިން ސްލައިސް ޗީޒްގެ ހަތަރު ސައިޒެއް ލިބެން ހުރެއެވެ. އެއީ 100 ގްރާމް، 200 ގްރާމް، 400 ގްރާމް އަދި 1،000 ގްރާމްގެ ސްލައިސް ޗީޒް ކޭހެވެ.މި ޕްރޮމޯޝަންގެ ދަށުން ހަތަރު ސައިޒެއްގެ ކޭސް މިކްސްކޮށް ގަތް ކަމުގައި ވިޔަސް، އެއް ކޭސް ހިލޭ ލިބޭނެ ކަމަށް އޮފިޝަލް ބުންޏެވެ.ރަހަ މީރު، ޖީބަށް ލުއި، ތާޒާ، ތަފާތު އުފެއްދުންތައް ކުކުޅު ފިހާރައިން ލިބެން ހުންނައިރު، އެ ފިހާރައިން ކައިރި ކައިރީގައި ހާއްސަ ޕްރޮމޯޝަންތައްވެސް ބާއްވައެވެ.ކުކުޅު ފިހާރައިން ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބޭނެއެވެ.މީގެ އިތުރުން، ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ. ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ