ބާ ކައުންސިލުން ހުއްދަ ހިފަހައްޓާފައިވާ ގާނޫނީ ވަކީލު ޒުންނަވާރު ސަލީމް ގާނޫނީ ހިދުމަތް ދިނުމުގެ ނަމުގައި މީހެއްގެ އަތުން ފައިސާ ނެގުމަށް ފަހު ފިލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަދަ މައްސަލައެއް ބާ ކައުންސިލަށް ވަނީ ހުށަހަޅާފަ އެވެ. އެއީ ގާނޫނީ ހިދުމަތް ހޯދުމަށް އެދުނު މީހެއްގެ އަތުން ގާތްގަނޑަކަށް 10،000ރ. ނެގުމަށް ފަހު ފޯނަށް ޖަވާބު ނުދީ ފައިސާ އަނބުރާ ދިނުމަށް ދެކޮޅު ހެދި މައްސަލައެކެވެ.
އޭގެ އިތުރުން، އެއްބަސްވުމެއްގައި އޭނާ ސޮއިކުރީ ވެސް ހައިސިއްޔަތު އޮޅުވާލައިގެންކަން ވަނީ އެނގިފަ އެވެ. އޭނާގެ ހުއްދަ އޮތީ 15 މަސްދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އެއީ، އެހެން ވަކީލަކަށް ދޫކޮށްފައިވާ ނޯޓަރީ ސްޓޭމްޕް ބޭނުންކޮށްގެން އެއްބަސްވުމެއް ނޯޓަރަައިޒް ކޮށްދިން މައްސަލައެއްގަ އެވެ.
އެ މައްސަލާގައި އޭނާގެ އަންހެނުން މެހެނާޒު ހުސެއިންގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ވެސް ވަނީ ހިފަހައްޓާފަ އެވެ. އެ މައްސަލައިގައި ޒުންނަވާރުގެ ދެމަފިރިންނާ ދެކޮޅަށް ފިޔަވަޅު އެޅީ، 2021 ގައި ނޯޓަރައިޒްކޮށްދިން މައްސަލައަކާ ގުޅިގެންނެވެ.
ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޒުންނަވާރު އެ އެއްބަސްވުން ނޯޓަރައިޒްކޮށްދިނީ މެހެނާޒު ހުސެއިންއަށް ދޫކޮށްފައިވާ ނޯޓަރީ ސްޓޭމްޕު ބޭނުންކޮށްގެންނެވެ. އޭގައި މެހެނާޒުގެ ސޮއިކުރީ ވެސް ޒުންނަވާރެވެ.
ޒުންނަވާރުގެ ދެމަފިރިންނަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން، އެންމެ ފުރަތަމަ ޖޫރިމަނާ ކުރި ދެ މީހުންނެވެ. އެ ފަހަރު ޖޫރިމަނާ ކުރީ ވެސް މެހެނާޒުގެ ސްޓޭމްޕް ޒުންނަވާރު ބޭނުންކުރި މައްސަލަ ސާބިތުވެގެންނެވެ.
ގާނޫނީ ހިދުމަތް ދޭން ފައިސާ ނެގުމަށް ފަހު ޒުންނަވާރު ފިލި މައްސަލައެއް ގާނޫނީ ހިދުމަތް ދޭން ފައިސާ ނެގުމަށް ފަހު ޒުންނަވާރު ފިލި މައްސަލައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ