މޯލްޑިވްސް އެއާޕޯޓްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަަރައްގީ ކުރާ އައު ސީޕްލޭން ޓާމިނަލްގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ނިންމި ގޮތުގެ ސަބަބުން އެމްޑިޕީގެ ސަރުކާރަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވުރެ ކޮރޮޕްޓް ސަރުކާރެއްކަން ޔަގީން ވެއްޖެ ކަމަށް ކުރީގެ ހޯމް މިނިސްތަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީޕްލޭން ޓާމިނަލްގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ސަރުކާރުން އެންމެ ފަހުން ނިންމީ ޓީއެމްއޭ އަށް މިހާރު ވެސް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރުމަށެވެ. އެކަމަކު ޓީއެމްއޭ އިން ބުނަނީ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ.
ސަރުކާރުގެ ނިންމުމަށް ފާޑުވިދާޅުވެ އުމަރު ނަސީރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ޓީއެމް،އޭ ގެ މައްސަލަ ސަރުކާރުން ނިންމި ގޮތާ، ގުޅުންހުރި ކުންފުނި ތަކައް ދެމުންދާ ފައިސާގެ ބޮޑެތި ބަދަލު ތަކުން މިހާރު ޔަގީން ވަނީ، އެމް،ޑީ،ޕީ ގެ ސަރުކާރަކީ ކުރީ ސަރުކާރަށްވުރެ ކޮރަޕްޓް ސަރުކާރެއް ކަމަށެވެ.
އުމަރު ވިދާޅުވީ ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމަށްފަހު ދުނިޔަވީ އެދުންތަކަށް ލެނބި، މިސްރާބު ގެއްލި، ވީ ވަޢުދު ތަކުގެ މަތިން ހަދާން ނައްތާލުމަށެވެ. އަދި މިހިގާ ކަންކަމުގެ ހިތި ނަތީޖާ 2023 ގައި ވޯޓު ފޮށިން ފެނިގެން ދާނެ. ކަމަށް އުމަރު ވިދާޅުވިއެވެ.
މީގެއިތުރުން އުމަރު ވިދާޅުވީ މިހާރު ތިއްބެވި ސިޔާސީ ލީޑަރުންތައް އިންތިޚާބު ކޮށްގެން ލިބޭނީ އެކައްޗެއް ކަމަށާއި އަދި ވާނީ ވެސް އެއްގޮތެއް ކަމަށާއި، ނިކުންނާނީއެއް ނަތީޖާއެއް ކަމަށެވެ. އެހެން ކަމުން މިހާރު މިހާރު ރާއްހެ އާ މިސްރާބަކަސް ދާން ވެއްޖެ ކަމަށް އުމަރު ވިދާޅުވިއެވެ.
ސީޕްލޭން ޓާމިނަލްގެ މައްސަލަ ސަރުކާރުން ނިންމި ގިތް ހާމަކުރުމަސް ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރުން ނިންމީ އެމްއޭސީއެލްއާއި ދައުލަތަށް އެންމެ ފައިދާ ވާނެ ގޮތަކީ އެމްއޭސީއެލް އިން އެ ޓާމިނަލް ހިންގުމުން ކަމަށެވެ. އެގޮތުން މުޅި ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް ދޫކުރުމަށް ވިސްނާފައި އޮތް ގޮތް ބަދަލު ކުރުމަށް ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
މިހާރު ސަރުކާރުން ނިންމާފައިވާ ގޮތުން ވަކި އޮޕަރޭޓަރަކަށް އާ ޓާމިނަލުން ބޮޑު މަންފާއެއް ލިބުމަށް މަގު ފަހިގެން ނުދާނެ ކަމަށާއި ސަރުކާރުން މިހާރު ނިންމާފައި އޮތް ގޮތުން، ވާދަވެރި މާހައުލެއްގައި އޮޕަރޭޝަންސްތައް ހިންގި، އެމްއޭސީއެލަށް ފައިދާ ބޮޑުވާނެކަމަށް އަމީރު ވިދާޅުވިއެވެ.
ޓީއެމްއޭގެ މައްސަލަ ނިންމި ގޮތުން އެމްޑީޕީ ސަރުކާރަކީ ކުރީގެ ސަރުކާރަށްވުރެ ކޮރޮޕްޓް ސަރުކާރެއްކަން ޔަގީން ވެއްޖެ: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ