ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށި ވަގުތު ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިންނެވުމުން ކޯރަމް ގެއްލުވާލައި ޖަލްސާ ކުރިއަށްގެންދިޔުމަށް ޕީއެންސީން ހުރަަސް އަޅައިފި އެވެ.
މިއަދު ރިޔާސަތު ބަލަހައްޓަވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ކޯރަމް ބެލް ޖެހުމުން ވެސް މެންބަރުން ހަމަނުވާތީ 10:00 ޖަހާއިރު ޖަލްސާ ފަށަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެއަށްފަހު 10:00 ޖެެހިއިރު ވެސް ކޯރަމް ހަމަނުވުމުން ނާޒިމް އިއުލާން ކުރެއްވީ މިއަދު ޖަލްސާ ކެންސަލް ވެފައިވާ ކަމަށެވެ. އަދި މާދަމާ ޖަލްސާއެއް ބާއްވާނެކަން އިއުލާން ކުރެއްވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ޖަލްސާއަށް ހާޒިރުވި ޕީއެންސީ މެންބަރުން ތިބީ ސައި ކޮޓަރި އާއި ކުޑަ ދަށުގަ އެވެ. ތަޅުމަށް ވަދެފައި ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ކޯރަމަކީ މެންބަރުންގެ 25 ޕަސެންޓެވެ. މިހާރު 93 މެންބަރުން ތިބުމުން ކޯރަމް ހަމަވާނީ 23 މެންބަރުން ޖަލްސާއަށް ހާޒިރުވުމުންނެވެ.
ނާޒިމް ރިޔާސަތުގައި އިނުމުން ޖަލްސާއަށް ހުރަސް އަޅާފައިވާއިރު އޭނާ ވަނީ ޕީއެންސީ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްފަ އެވެ.
މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ އިން އޭނާ ވަނީ މިދިޔަ އޭޕްރީލް 21، ގައި ވަކިކޮށްފަ އެވެ. އެއީ ސްޓޭޓް އޯންޑް އެންޓަޕްރައިޒާސް ކޮމިޓީ އާއި ގައުމީ ސަލާމަތާ ގުޅޭ ކޮމިޓީ އެވެ.
އޭގެ ފަހުން، ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން ނާޒިމްގެ ބޮޑު ރިޕޯޓެއް ވަނީ ތައްޔާރުކޮށްފަ އެވެ. ތަފާތު ދެ މަސްދަރަކުން މި ނޫހަށް އެކަން ވަނީ ކަށަވަރުވެފަ އެވެ.
ނާޒިމް ރިޔާސަތުގައި އިންނެވުމުން ކޯރަމް ގެއްލުވާލައި މަޖިލިސް ޖަލްސާ ކުރިއަށްގެންދަން ޕީއެެންސީން ހުރަސް އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ