ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި

ހުޅުމާލެއިން ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފިއެވެ.
ހުޅުމާލޭ ދެވަނަ ފޭސް އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެތެރޭ ޑިސްޓްރުބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ.
ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް ދެގަޑިއިރު ފަހުން ސްޓެލްކޯއިން ބުނެފައިވަނީ ގެއްލުންވެފައިވާ ކޭބަލް މަރާމާތު ކުރުމަށްފަހު މިހާރު ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ.
ކޮންނަން އުޅުމުގެ ތެރޭގައި ކޭބަލަށް ގެއްލުންވެ ހުޅުމާލެއިން ކަރަންޓު ކެނޑުނުއިރު، ދޭތެރެދޭތެރެއިން މިފަދަ ކަންކަން ދިމާވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ