ނައިބު ރައީސް ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާ ކުރެއްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ރައީސްކަމުގެ ހުވާ ނައިބު ރައީސް ފައިސަލް މިދިޔަ އަހަރު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތިން ގަޑިއިރުގެ ސާޖަރީއެއް ކުރެއްވުމަށްޓަކަ އެވެ.
އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް އެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ރައީސަކީ އެ މަނިކުފާނު ކަމަށް ބުނެ އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައި، އެކަން މިއަދު ވަނީ އަންގައިފަ އެވެ.
މީގެ ކުރިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވެސް އެ ކޯޓުން ނިންމާފައި އޮތީ މައްސަލަ ބަަލައިނުގަތުމަށެވެ.
ގާނޫނުއަސާސީ ބުނާގޮތުން ނައިބު ރައީސަކީ ރައީސް އިސްތިއުފާ ދެއްވައިފިނަމަ ނުވަތަ މަގާމުގެ ޒިންމާ އަދާކުރަން ވަގުތީ ގޮތުން ނުކުޅެދޭ ހާލަތްތަކުގައި ރައީސްގެ ޒިންމާ އަދާކުރައްވާ ބޭފުޅާ އެވެ. ނައިބު ރައީސް އެ މަގާމާ ހަވާލުވެ ވަޑައިގަންނަވާއިރު ނައިބު ރައީސްކަމުގެ ހުވާ ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ.
އެހެން ނަމަވެސް ވަގުތީ ގޮތުން ރައީސްގެ ޒިންމާތަކާ ނައިބު ރައީސް ހަވާލުވެ ވަޑައިގަންނަވާއިރު، ހާއްސަ ހުވައެއް ކުރަން ޖެހޭނެ ކަމަކަށް ގާނޫނުއަސާސީއަކު ނޯވެ އެވެ.
ރާއްޖޭގައި ދެ "ރައީސުން" ތިބޭ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ