މޫސުން ގޯސްވެ، ރައީސް ޔާމީންގެ ބޮޑުތިލަދުންމަތީ ދަތުރު އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފި

އިދިކޮޅު ލީޑަރު އަދި ކުރީ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑުތިލަދުންމައްޗަށް ކުރައްވަން ނިންމެވި ދަތުރުފުޅު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.
ޕީޕީއެމުން މައުލޫމާތުދިން ގޮތުގައި، މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑުގަދަވުމުގެ ސަބަބުން ރައީސް ޔާމީން ހއ. ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެވިފައިވާ ކަމަށެވެ. އަދި، އެ ދަތުރުފުޅު ދެން އޮންނާނީ ހޮނިހިރު ދުވަހު ކަމަށްވެސް ޕީޕީއެމް އިން ބުނެފައި ވެއެވެ.
މި ދަތުރުގައި ރައީސް ޔާމީން ވަޑައިގަތުމަށް ހަމަޖެހިފައިވާ ފަސް ރަށަކީ، ހއ. ކެލާ އާއި، ހއ. ބާރަށް އަދި ހއ. ދިއްދޫގެ އިތުރުން ހއ. އިހަވަންދޫ އަދި ހއ. ތުރާކުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ