ރަށު ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އެސްޑީއެފްސީ އިން 'ތިޖާރާ ރަށު ފަތުރު'ގެ ނަމުގައި ފެސިލިޓީއެއް ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް - އެސްޑީއެފްސީގެ އިސްލާމިކް ވިންޑޯ، އެސްޑީއެފް ތިޖާރާ އިން ތައާރަފު ކުރި މި ފެސިލިޓީ އަކީ ޝަރީއަތާ އެއްގޮތްވާ އުސޫލުން ދޫކުރާ ފެސިލިޓީ އެކެވެ.
ތަފްސީލް - އެސްޑީއެފްސީ އިން ބުނީ ތިޖާރާ ރަށު ފަތުރު ފަރުމާކޮށްފައިވަނީ 'ޑިމިނިޝިން މުޝާރަކާ އަދި 'މުރާބަހާ ޓު ދަ ޕާޗޭސް އޯޑާ' ެ ކޮންސެޕްޓަށް ކަމަށެވެ.
މިއާއެކު ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ވިޔަފާރީގެ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދޭނެ އިންތިޒާމުތަކާއެކު ޝަރީއާގެ ހަމަތަކުގެ މަތިން ފައިނޭންސް ފޯރުކޮށްދޭނެ
މި ޕްރޮޑަކްޓު ތައާރަފު ކުރީ އެސްޑީއެފްސީ އިން ބުނި ގޮތުގައި، ޝަރީއާ ހުއްދަ ކުރާ މާލީ އުސޫލުތަކާ އެއްގޮތަށް މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
މި ހިދުމަތުގެ ސަބަބުން:
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާވާނެ
އެފަދަ ވިޔަފާރިތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ފޯރުކޮށްދޭނެ
ވިޔަފާރިތައް ފުޅާކުރުމަށާއި އާ ވިޔަފާރިތައް ފެށުމަށް އެހީތެރިކަން ލިބޭނެ
އެސްޑީއެފްސީ އިން ބުނީ، އަމާޒަކީ ޝަރީއާ އާ އެއްގޮތަށް ފަރުމާކޮށްފައިވާ އިތުރު ފައިނޭސިން ފެސިލިޓީތައް އެސްޑީއެފްސީ ތިޖާރާ ގެ ދަށުން ތައާރަފް ކުރުން ކަމަށެވެ.
ތިޖާރާ ރަށު ފަތުރު ފައިނޭންސިން ރޭޓަކީ %5
ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން 18 މަސް (ގްރޭސްގެ މުއްދަތުގައި ލުއި އަދަދެއް ދައްކަން ޖެހޭ)
ފެސިލިޓީ ދެއްކުމަށް ގިނަވެގެން 10 އަހަރު ދުވަސް
މި ފެސިލިޓީގެ ދަށުން
ގެސްޓްހައުސް އިމާރާތްކުރުމަށް؛ އަލަށް ފަށާ ވިޔަފާރިތަކަށާއި މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް އެންމެ ކުޑަ އަދަދަކަށް 200،000ރ. އަދި އެންމެ ބޮޑު އަދަދަކަށް 5 މިލިއަން ރުފިޔާ ދޫކުރާނެ
ގެސްޓުހައުސް ފިޔަވާ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ތަފާތު އިތުރު ވިޔަފާރިތަކަށް (މިހާރު ވެސް ހިންގާ ވިޔަފާރި)؛ އެންމެ ބޮޑު އަދަދަކަށް 1.5 މިލިއަން ރުފިޔާ ދޫކުރާނެ
އަލަށް ގެސްޓު ހައުސް އެޅުމުގެ އިތުރުން މިހާރު ހިންގާ ތަންތަން މަރާމާތުކޮށް ތަރައްގީ ކުރުމަށް ވެސް މި ފެސިލިޓީ ނެގޭނެ އެވެ.
މީގެ އިތުރުން
ގެސްޓްހައުސް ވިޔަފާރި އާ ގުޅުން ހުރި ވިޔަފާރިތައް؛ ރެސްޓޯރެންޓު ތަރައްގީކޮށް ވޯޓާ ސްޕޯޓްސް ފަދަ ހަރަކާތްތައް ތައާރަފު ކުރުމަށް ވެސް މި ފެސިލިޓީ ދޫކުރާނެ
ޓެކްނޮލަޖީ ބޭނުންކޮށްގެން ވިޔަފާރި ކުރިއެރުވުމަށް؛ އޮންލައިން ބުކިން ސިސްޓަމް ތައާރަފު ކުރުން، މޮބައިލް އެޕްލިކޭޝަން، ބެވްސައިޓް ޑިވެޕޮލް ކުރުން ފަދަ މަސައްކަތްތަކަށް ވެސް މި ފެސިލިޓީ ބޭނުން ކުރެވޭނެ
އެސްޑީއެފްސީގެ ތިޖާރާ ރަށު ފަތުރު އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފަ އެވެ.
މި ފެސިލިޓީ އަށް އެދޭނީ އެ ކުންފުނީގެ ވެބްސައިޓުގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ.
އެެސްޑީއެފްސީ އިން ރަށުފަތުރުވެރިކަމަށް އިސްލާމިކް ފެސިލިޓީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ